އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިސިސް އާ ހަނގުރާމަކުރަން ފޮނުވި އެމެރިކާ ސިފައިން ޤަތުލު ޢާންމު ހިންގައި އިރާޤްގެ ގިނަ އަދަދެއްގެ ރައްޔިތުން މަރާފައިވާ މައްސަލަ ބަލަނީ!

އައިސިސް އާ ހަނގުރާމަކުރަން ފޮނުވި އެމެރިކާ ސިފައިން ޤަތުލު ޢާންމު ހިންގައި އިރާޤްގެ ގިނަ އަދަދެއްގެ ރައްޔިތުން މަރާފައިވާ މައްސަލަ ބަލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އައިސިސް އާއި ހަނގުރާމަކުރަން އިރާޤަށް ފޮނުވި އެމެރިކާ ސިފައިން ޤަތުލު ޢާންމު ހިންގައި އިރާޤްގެ ގިނަ އަދަދެއްގެ ރައްޔިތުން މަރާފައިވާ މައްސަލަ އެމެރިކާގެ ކޯޓުތަކުން ބަލަން ފަށައިފިއެވެ.

މިގޮތުން ގިނަ އަދަދެއްގެ އިރާޤް ރައްޔިތުންގެ ގައަށް ބަޑިޖެހުމުގެ އިތުރުން ކުޑަ އަނހެންކުއްޖެއްގެ ގައަށް ވަޅި ހެރި އެމެރިކާގެ ނޭވީ އޮފިސަރެއް ކަމަށްވާ ސްޕެޝަލް އޮޕަރޭޝަންސް ޗީފް އެޑްވަރޑް ގެލެންހާ ގެ ޝަރީއަތް ހޯމަ ދުވަހު ވަނީ ކެލިފޯނިއާގެ ކޯޓެއްގައި ފަށައިފައެވެ.

އުމުރުން 40 އަހަރުގެ އެޑްވަޑް މި ޖަރީމާތައް ހިންގާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭނާއަކީ އިރާްަށާއި އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ ކޮމާންޑަރެވެ. ޤަތުލު ޢާންމު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ކަމާއި އަދި އޭނާގެ އަމުރަށް އެތައް ބައިވަރު ޢާންމު ރައްޔިތުން މެރިކަމުގެ ހެކި ކޯޓަށް ހުށަހަޅާފައިވީނަމަވެސް އޭނާ ބުނަނީ އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށެވެ. އަދި ޤަތުލް ޢާންމުތައް ހިންގީ އޭނާގެ އަމުރަށް ނޫން ކަމަށެވެ.

މި ޖަރީމާތައް ހިންގާފައިވަނީ އުތުރު އިރާޤްގެ މޯސުލް ސަރަހައްދުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް