އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ފިލައި ހުރެ ކިތަންމެ ފޭކްނަމެއްގައި ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފިނަމަ މަލާއިކަތުން ފަތުގަ ލިޔުއްވަވާނެ: މުފްތީ މެންކް

ކިތަންމެ ފިލައި ހުރެ ކިތަންމެ ފޭކްނަމެއްގައި ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފިނަމަ މަލާއިކަތުން ފަތުގަ ލިޔުއްވަވާނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

"ފުންކޮށް ވިސްނައި އަވަސްފިޔަވަޅުއަޅައި ސަލާމަތްކަން ހޯދާ! ޤިޔާމަތް ދުވަހު އެންމެ ބޮޑަށް މާޔޫސްވާން ޖެހޭނެ މީހުން މުޖުތަމައުގަ ވަރަށް ގިނަ!" ސުރުޚީގެ ދަށޫން ހާމަކޮށްފައިވާ ދަރުސްގައި އުސްތާޛް ޢަލީ ހައްމުދާ ބަޔާންކުރައްވާފައިވާ ފަދައިން މީސްތަކުންގެ ޙައްޤުތައް އަރައިގަންނަމުންދާ މީހުން މިއަދު އަޅުގަނޑުމެންގެތެރޭގައި ވަރަށް ގިނައެވެ.

މީހުންގެ ޙައްޤުތައް އަދާކުރުމުގައި އިންތިހާއަށް ފޭލްވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުކުރާ މެސެޖުތަކުގެ 70 އިންސައްތައަކީ މީސްތަކުންގެ އަބުރަށާއި ކަރާމާތަށް އަރައިގަނެފައިވާ މެސެޖުތައް ކަމުގައިވާތީއެވެ. ނަފްރަތުކުރާ މީހާގެ ޙައްޤުތަކަށް އަރައިގަނެ ލޭ ބުއިމުގައި ހައްދު ފަހަނައަޅާފައިވާތީއެވެ. 

މުފްތީ މެންކް ވިދާޅުވެފައިވަނީ ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ކަމަށެވެ. ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމަށެވެ. އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެ ކަމަށެވެ. 

އެހެންކަމުން މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚީރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް