އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރުކަށި ފިކުރަކީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ނުކުރުން! ޤްރުއާނާއި ސުންނަތަށް ޢަމަލު ނުކުރުން: މުފްތީ މެންކް

ހަރުކަށި ފިކުރަކީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ނުކުރުން! ޤްރުއާނާއި ސުންނަތަށް ޢަމަލު ނުކުރުން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ހަރުކަށި ފިކުރު މާނަކުރުމުގައި އެއް ބައަކު މާނަކުރަނީ އެއީ އިސްލާމް ދީނަށް އަމަލުކުރުން ކަމަށެވެ. މީހަކު ޤަވާއިދުން މިސްކިތަށް ދާން ފަށައިފިނަމަ އެއީ ހަރުކަށިފިކުރުގެ މީހެއް ކަމަށެވެ. މުސްލިމުން ހެދުންލައި ނިވާވާން އޮނަން ގޮތަށް ނިވާވެއްޖެ ނަމަ އެއީ ހަރުކަށި ފިކުރުގެ މީޙެއްގެ ގޮތުގައެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަން ގެންފިނަމަ އެއީ ހަރުކަށިފިކުރުގެ މީހެއްގެ ގޮތުގައެވެ.

ފުރަތަމަ މިގޮތަށް ޤަބޫލުކުރުމަކީ ހަރުކަށި ފިކުރެވެ. އެހެނީ އިންސާނުން ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ﷲ ތައާލާ އަނގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމަށެވެ. ވީމާ ހަޤީޤަތުގައި ހަރުކަށި ފިކުރަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ގޮންޖެހުމެވެ. 5 ނަމާދު ބަރާބަރަށް އަދާ ނުކުރުމެވެ. ހެދުން ލުމުގައި ނިވާވާން އަނގަވާފައިވާ މިންވަރަށް ނިވާ ނުކޮށް އުޅުމެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އަމަލުތައް ނުކުރުމެވެ.  

ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަކީ ހަރުކަށި ފިކުރުގެ އަމަލުތަކެވެ. ޖިހާދު ކުރުމުގެ ނަމުގައި އިސްލާމް ދީނުގައި ހުއްދަ ނުކުރާ ހަނގުރާމަތައް ކުރުމަކީ އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ހަރުކަށިފިކުރެވެ. އެހެނީ އެއިން އެއްވެސް ކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކަމުގައި ނުވާތީއެވެ. މިފަދަ އެއްވެސް ޢަމަލެއް ކުރުން އިސްލާމް ދީނުގައި ހުއްދަ ނުވާއިރު އެފަދަ އަމަލުތައް އިސްލާމް ދީނުގެ ނަމުގައި ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ!

ވީމާ ކޮންމެ މުސްލިމަކުވެސް ވިސްނަންވީ މި ބަޔާން ކުރި ފަދަ ހަރުކަށި ފިކުރުތަކާއި ވީހައިވެސް ދުރުގައި ހުރުމަށެވެ. އެފަދަ އެއްވެސް އަމަލަކަށް ތާއީދުވެސް ނުކުރުމަށާއި އެފަދަ އެއްވެސް އަމަލަކާއި ކައިރިވެސް ނުވުމަށެވެ.  

މުސްލިމުން އެއްބައަކު އަނެއް ބައަކާއި ހަނގުރާމަކޮށް ތަޅާފޮޅައި މީސްތަކުން މަރަމުން ގެންދާނަމަ އެ އަމަލުކުރެވެނީ ޖާހިލިއްޔަ ޒަމާނަށެވެ. ޤަބީލާތައް މަތިވެރިވާން ޤަތުލު ޢާންމުތައް ހިންގި ދުވަސްވަރަށެވެ. ރަސޫލް (ޞޢވ) ވަނީ އެ ޒަމާން ނިމުމަކަށް ގެންނަވައިފައެވެ. އެހާލަތުން މީސްތަކުން ސަލާމަތް ކުރައްވަވައިފައެވެ. ވީމާ މުސްލިމުންނަށް އޮތީ ﷲ ތައާލާ ދެއްވެވި ނަޞްރަށް އަމަލުކުރުންމަތީގައި ދެމިތިބުމެވެ. ނަރަކައިގެ ތުންފަތްމަތީގައި ތިއްބައި ސަލާމަތްކޮށްދެއްވެވިކަން މައްޗަށް ޝުކުރުވެރިވުމެވެ.  

މުސްލިމުންގެ ދަރަޖަ ދުނިޔޭގައިވެސް މަތިވެރިވާނީ ﷲ ތައާލާގެ އަމުރުފުޅުތަކަށް އަމަލުކުރިވަރަކުންނެވެ. ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ. އޯގާތެރިކަން އިސްކުރި މިންވަރަކުންނެވެ. އެންމެހައި މީސްތަކުންނަކީވެސް ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންކަން ދަނެ އިސްލާމް ދީނުގައިވާ ގޮތަށް މީސްތަކުންނާއިމެދު އަމަލުކުރި މިންވަރަކުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް