އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު
މީސްތަކުން މިއަދު އެންމެ ބޮޑަށް ފޭލްވަމުން މިދަނީ އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް ހޯދެން އޮތް ބޮޑު މަންފާ ނުހޯދާތީއެވެ. އަބަދުވެސް ފެންނަނީ ބޮޑެތި ޚަރަދުތައް ކުރަން ޖެހޭ އަދި ތަކްލީފް އުފުލަން ޖެހޭ ކަންކަން ނުކުރެވިގެން އުޅޭތަނެވެ.
މިސާލަކަށް ހައްޖަށް ދާން ފައިސާ ހަމަނުވެގެން، ފައިސާ ހަމަވެއްޖެ ނަމަ ކޯޓާ ނުލިބިގެން ނޫނީ ޢުމުރާއަކަށް ދިއުން ފަދަ ކަމެއް ނުކުރެވިގެން އުޅޭތަނެވެ.
ނިކަން ބުނެބަލާށެވެ! ތިމާއަކީ އިޚްލާޞްތެރިއަކަށް ވުމަށް، ހެޔޮ ލަފާ މީހަކަށް ވުމަށް އެއްވެސް ޚަރަދެއް ކުރަން ޖެހޭނެ ހެއްޔެވެ؟ އެއްވެސް ތަކުލީފެއްވެސް އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުޖެހޭނެ ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ފުރަތަމަ ކުރަންޖެހޭނީ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ، އެއްވެސް ތަކުލީފެއްވެސް އުފުލަން ނުޖެހި ކުރެވޭނެ ކަންކަން ނޫން ހެއްޔެވެ؟ ހަމަ އެއާއިއެކު ޙައްޖު ވެވޭނީ ވެސް ޢުމުރާ ވެވޭނީވެސް އަދި އެހެނިހެން އަޅުކަންތައްތައް ފުރިހަމަ ކުރެވޭނީ ވެސް އިޚްލާޞްތެރިވެގެންނެވެ. ހެޔޮ ލަފާ މީހަކަށްވެވިގެންނެވެ.
ހަމައެއާއިއެކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުން ލިބޭނީ ވެސް ހަމަ އިޚްލާޞްތެރިވީވަރަކުންނެވެ. އިޚްލާޞްތެރިންނަށް ﷲ ތަޢާލާ ފުނިފުނީގެ ސަވާބުތައް މިންވަރުފުޅު ކުރައްވަވަތެވެ. ނަމަވެސް ހިތާމައަކީ ހަމަ ހިލޭ އެމީހަކު ބޭނުންހައި ވަރަކަށް، ޚާއްޞަކޮށް އެއްވެސް މަސައްކަތެއް ނުކޮށް ލިބެން އޮތް މިހައި ބޮޑެތި ސަވާބުފުނިތައް ޖަމާ ކުރުމުގެ ޝައުޤުވެރިކަން މީހުންގެ ކިބައިގައި ނެތް ކަމެވެ.
އުންމީދަކީ މިބުނި ބަސްކޮޅާއިމެދު ވިސްނައި އިޚްލާޞްތެރިވުމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ.
- މުފްތީ މެންކްގެ ދަރުސަކުން
Advertisement
11 ޖުލައި 2019