އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރަން ގިނަގިނައިން ހިތަށް އެރުމަކީވެސް ވަރަށް ބިރުހުރި ކަމެއް!

ފާފަކުރަން ގިނަގިނައިން ހިތަށް އެރުމަކީވެސް ވަރަށް ބިރުހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ފާފަ ކުރަން ހިތަށް އެރުވުމަކީ އިބިލީސް ކުރާ ކަމެކެވެ. މިޒަމާނުގެ ޓެކްނޮލޮޖީން ބަލާނަމަ އެއީ މީހުންގެ ޝައުޤުވެރިކަން ހޯދަން ކުރާ އިޝްތިހާރެކެވެ. ރަނގަޅު ފެންވަރުގެ އިޝްތިހާރު ގިނަގިނައިން ފެންނަން ފެށުމުން އެ އެއްޗެއް ގަންނަ ހިތް ޖެހޭ ފަދައިން ޝައިޠާނާގެ މިފަދަ ވަސްވާސްތަކުގެ ސަބަބުން ފާފަކުރުމަށް މީސްތަކުންގެ ޝައުޤުވެރިކަން އިތުރުވެ ފާފަކުރެވެއެވެ. ވީމާ މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. 

ފާފައެއް ކުރަން ހިތަށް އެރުމަކުން ޢަޛާބެއް ނުލިބޭނެއެވެ. ޢަޛާބް ލިބޭނީ ފާފަކުރުމުންނެވެ. ނަމަވެސް ފާފަކުރަން ގިނަގިނައިން ހިތަށް އަރާނަމަ އެއީ މައްސަލައެކެވެ. އެކަމަށް ﷲ ތައާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންވެސް ޖެހޭނެއެވެ. މިކަމުން އެނގެނީ ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭ މިންވަރެވެ. 

ހަމައެފަދައިން ފާފައެއް ކުރަން ރޭވުމަށްފަހު ﷲ ތަޢާލާއަށް ބިރުން އެފާފައެއް ނުކުރިނަމަ، އެކަން ތަންފީޒު ނުކުރިނަމަ އެކަމަށް ސަވާބުވެސް ލިބޭނެއެވެ. މީގެ މާނައަކީ ފާފަކުރަން ގިނަގިނައިން ރާވާފައި އެކަން ތަންފީޒު ނުކުރުމެއް ނޫނެވެ. އެއީ ސަވާބު ހޯދަން ކުރަން ޖެހޭ ކަމެއް ނޫނެވެ. ސަވާބު ހޯދަން ކުރަންވީ ކަމަކީ ހެޔޮ އަމަލުތައް ކުރަން ގިނަގިނައިން ރާވައި އެ އަމަލުތައް ކުރުމެވެ. ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަކޮށް އެކަމުގެ މަތީގައި ދެމިހުރުމެވެ. 

ރާވައި ހިންގަންވީ ހެޔޮ އަމަލު ކުރުމުގެ ޕްރޮގްރާމްތަކެވެ. ހަމަ ގައިމުވެސް އެމީހަކަށް އެމީހެއްގެ ގޭގައި ޕްރޮގްރާމްތައް ރާވައި ހިންގޭނެއެވެ. ދީނީ ޢިލްމުވެރިންނަށް ދައުވަތުދީގެން ކަންކަން ނުކުރެވޭނެ ނަމަ ޢާއިލާ އެކުގައި ތިބެގެން ދީނީ ދަރުސްތައް އަޑުއެހޭނެއެވެ. މިފަދަ ކޮންމެ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރަން ކުރެވޭ ކަންކަމެވެ. ޢާއިލާ އެކުގައި ތިބެ ކިތަންމެ ގިނަ ފިލްމްތަކެއް ބެލި ނަމަވެސް ސަވާބެއް ނުލިބޭނެއެވެ. ނަމަވެސް ދަރުސް އަޑުއެހުން ފަދަ ކަންކަން ކުރުމުން ދީނީ ހޭލުންތެރިކަން އިތުރުވެ އަދި ސަވާބުވެސް ލިބޭނެއެވެ. އެކަމުގެ ފައިދާ މުޅި ޢާއިލާއަށް ކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް