އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އެންމެ ގިނަ ދުވުންތެރިން އިންތިޒާރުކުރާ ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރ 20 ވަނަ ދުވަހު ބާއްވަނީ

ރާއްޖޭގެ އެންމެ ގިނަ ދުވުންތެރިން އިންތިޒާރުކުރާ ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރ 20 ވަނަ ދުވަހު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ބާއްވާނެކަން ދިރާގުން އާންމުކޮށް އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ 5 އަދި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭސް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ.

 

މިއަހަރުގެ ރޭހުގެވެސް ޝިޢާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން 20 ޖުލައި 2019 އާއި ހަމައަށް ހުޅުވާލާފައިއެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައިޝާއިއުކުރެވޭނެއެވެ. އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ.

 

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

 

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އަދި ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް