އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަމާ ޢާއިލީ މަސްއޫލިއްޔަތު އަދާކުރުމަކީ އާމްދަނީ އިތުރުކުރަން ޤްރުބާން ނުކުރެވޭނެ 2 ކަންތައް!: މުފްތީ މެންކް

އަޅުކަމާ ޢާއިލީ މަސްއޫލިއްޔަތު އަދާކުރުމަކީ އާމްދަނީ އިތުރުކުރަން ޤްރުބާން ނުކުރެވޭނެ 2 ކަންތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ފައިސާއަށް ދަހިވެތިވުމަކީ ބިލިއަނަރުންވެސް ކޮޅުންލާ ކަމެއް ނޫނެވެ! ކިތަންމެ ގިނައިން ލިބުނު ނަމަވެސް އަބަދުވެސް އުޅޭނީ މަދުވެގެންނެވެ. އެއީ ގިނަބައެއްގެ އެންމެ ބޮޑު ބަލިފައެވެ. ޙާޤީޤީ، އުފާވެރި ކުރިއެރުމަކަށް އެދޭނަމަ އެބަލިފައިން ސަލާމަތްވުމަށް ގަދައަޅައިއި މަސައްކަތްކުރާށެވެ! 

އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހޭނެއެވެ. ނަމަވެސް މަސައްކަތްކުރުމުގައި ޤްރުބާން ނުކުރެވޭނެ ދެ ކަމެއް ވެއެވެ. އެއީ އަޅުކަން ކުރަން ދޭން ޖެހޭ ވަގުތާއި ޢާއިލާގެ މަސްއޫލިއްޔަތު އަދާކުރުމެވެ. ނަމަވެސް ކިރިޔާ ވެސް މާލީ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކު އެންމެ އަވަހަށް އިހްމާލުވަނީ މިދެކަމުގައެވެ. އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމުގެ ނަމުގައެވެ. 

އާމްދަނީ ދެއްވަވަނީ ﷲ ތަޢާލާއެވެ. ކިތަންމެ ގިނައިން މަސައްކަތްކުރި ނަމަވެސް އާމްދަނީ ލިބޭނީ ﷲ ތަޢާލާ ދެއްވެވި ވަރަކަށެވެ. ވީމާ އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހޭނީ ﷲ ތަޢާލާގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކައުތެރިވުމާއިއެކުގައެވެ. އަޅުކަން ކުރުމާއި ޢާއިލާގެ މަސްއޫލިއްޔަތު އަދާކުރުމަކީ ﷲ ތަޢާލާ ހަވާލުކުރައްވަވާފައިވާ އެންމެ ބޮޑު 2 މަސްއޫލިއްޔަތެވެ. ވީމާ އެ 2 ކަންތަކަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަދާކުރަން ޖެހޭނެ 2 ކަންތަކެވެ. 

މަސް ދުވަސް ފާއިތުވެގެންދާއިރު މަސައްކަތް ބުރަވެގެން މައިންބަފައިންނާއި އެއްބަނޑު ތިމާގެ މީހުންނާއި ބައްދަލުނުކޮށް ޙާލު ނުބަލައި ހުރުމުން އެމީހަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރާ މީހަކަށް ނުވާނެއެވެ. ހެނދުނު ގެއިން ނުކުތުމަށްފަހު އަނބިދަރިން ނިދާއިރު ވެސް ލޮލަށް ނުފެނި މަސައްކަތުގައި އުޅޭނަމަ އެމީހަކީ ފޭލްވެފައިވާ މީހެކެވެ. އެމީހަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މީހަކަށް ނުވާނެއެވެ. 

މަސައްކަތު ވަގުތު އިތުރުކުރުމަކީ ކުރަން ޖެހޭ ޙާލަތުގައި އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ކަންކަން ތާވަލުކުރަން ޖެހޭނީ ކުރިން މިބުނި ފަދައިން އަޅުކަމާއި ޢާއިލީ ޙައްޤުތައް ޤްރުބާން ނުކޮށެވެ. ޤިޔާމަތް ދުވަހު މިކަންކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ވީމާ ދަންނަވަންވީ "މިއަޅާ އިތުރު 4 ގަޑިއިރު އޮފީސް ހުޅުވައިގެން އިންނަމެވެ! މިއަޅާއަށް ރިޒުޤު އިތުރުކޮށްދެއްވަވާނދޭވެ!" އެއް ނޫނެވެ. ދަންނަވަންވީ "މިއަޅާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް ކުރާ ޚިދުމަތް މިވެނިވަރަކަށް އިތުރުކޮށްފީމެވެ! މިއަޅާއަށް ރިޒުޤް އިތުރުކޮށްދެއްވަވާނދޭވެ!" އެވެ. 

މިވާހަކަ މިގޮތަށް މިބުނަނީ މިކަމުގެ ހެކި ފެންނަން ހުރުމުންނެވެ. ވިއްސާރައިން ސަލާމަތްވާން ހޮހޮޅައަކަށް ތިއްބައި ބިޔަ ހިލައެއް ފުރޮޅެމުން އައިސް ހޮހޮޅައިގެ ދޮރުގައި ތާށިވުމުން 3 މީހުން ދެންނެވި ދެންނެވުމަށް ވިސްނާށެވެ! އެ 3 މީހުންވެސް ދެންނެވީ އެމީހުން ކުރިން ކޮށްފައިވާ ހެޔޮކަންތަކުންނެވެ. ފުރަތަމަ މީހާގެ ދެންނެވުމާއިއެކި ހިލަ ތަންކޮޅެއް ފޭވެލިއެވެ. 2 ވަނަ މީހާ ދެންނެވުމުންވެސް ތަންކޮޅެއް ފޭލްވިއެވެ. 3 ވަނަ މީހާ ދެންނެވުމާއިއެކު ނުކުމެވޭވަރަށް ފޭވެ ނުކުމެވުނެވެ. ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް