އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައްޖާލުންތަކުން ދުނިޔެ ފުރިއްޖެ! ސަމާލުކަން ނުދީ އިންސާނިއްޔަތު ސަލާމަތެއް ނުކުރެވޭނެ!

ދައްޖާލުންތަކުން ދުނިޔެ ފުރިއްޖެ! ސަމާލުކަން ނުދީ އިންސާނިއްޔަތު ސަލާމަތެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

"ފަހުޒަމާނުގައި ބައަކު އަންނާނެއެވެ. އެމީހުން ދައްކައި އުޅޭނީ އެމީހުންގެ އަމިއްލަ ވާހަކަދަކެވެ. މީސްތަކުންނަށް ކަންކަން ވިސްނައިދޭނީ އެމީހުން ބޭނުންވާ ގޮތަށެވެ. އެމީހުންނަށް އެންމެ ފައިދާހުރި ގޮތަށެވެ. ދޮގު ބުނުމާއި އޮޅުވައިލުމަކީ އެމީހުން ދެވިހިފާފައި ހުންނަ ކަންކަމެވެ. ކީރިތި ޤްރުއާނަށާއި ޙަދީޘްފުޅުތަކަށް އެމީހުން ނުބަލާނެއެވެ. އެއީ މީސްތަކުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހުންނެވެ. އެއީ ދައްޖާލުތަކެކެވެ. ﷲ ތަޢާލާ އާއި މީސްތަކުންނާއި ދެމެދު އޮންނަން ޖެހޭ ގުޅުންތައް ކަނޑުވާލައި ފިޠުނަ އުފައްދާނެ މީހުންނެވެ. އެފަދަ މީހުންނާއިމެދު ބިރުވެތިވާށެވެ! އެމީހުންނަކީ ތިއަބައިމީހުން މަގު ފުރައްދައި ނަރަކައަށް ގެންދަން މަސައްކަތްކުރާނެ މީޙުންނެވެ." 

މިއީ ރަސޫލް (ޞޢވ) މީގެ 1450 އެއްހައި އަހަރުކުރިން ބަޔާންކޮށް ދެއްވަވާފައިވާ ކަންކަމެވެ. މިއަދު މުޅި ދުނިޔެ މިވަނީ މިފަދަ ދައްޖާލުންތަކުން ފުރިފައެވެ. މިފަދަ ދައްޖާލުންތައް ތިބީ އެހެން ދީންތަކުގެ ދީނީ މީހުންގެ ގޮތުގައެއް ނޫނެވެ. އެންމެ ގިނައިން މިފަދަ މީހުން ތިބީ ޤައުމުތަކުގެ ސިޔާސީ މީހުންގެ ތެރޭގައެވެ. މުޅި ދުނިޔެއަށް ފިތުނަ ފެތުރި ފިތުނައިގެ ވަބާ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކުން ސަލާމަތް ނުވެވިގެން މިއުޅޭ ސަބަބަކީވެސް އެއީއެވެ. އެމީހުންނަކީ ލީޑަރުން ކަމުގައި ބަލައިގަނެގެން ތިބޭހައި ދުވަހަކު އިންސާނިއްޔަތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. 

މީސްތަކުން ދުނިޔެއަށް ތަޢާރަފްކުރި ޑިމޮކްރަސީ ޢާއި ޙައްޤުތައް މުޅި އިންސާނިއްޔަތު މިވަނީ ފޭލްކޮށްލައިފައެވެ. ނަތީޖާއަކީ ބިރުވެރިކަމުން ސަލާމަތްވެގެން ދިރިއުޅެވެން އޮތް ޤައުމެއް ދުނިޔޭގައި ނެތުމެވެ. އެންމެ ކުޑަމިނުން ހަމަޖެހިގެން ދިއުޅެވޭ ޢާއިލެއެއް ވެސް ނެތްކަމަށް ބުނަން ޖެހޭ ހިސާބަށް ކަންކަން ދިއުމެވެ. 

މިހުރިހާ މައްސަލަތަކެއްގެ އަޞްލަކީ ﷲ ތަޢާލާގެ ވަހީ އާއި ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކާއި އިތުރު މާތް ޞާޙިބާ (ޞޢވ) ގެ ސުންނަތް ދޫކޮށްލެވުމެވެ. އެކަންކަމާއި ދުރަށް ދެވުމެވެ. އެއަށްވުރެ މާ މޮޅު ގޮތްތައް ހޯދަން މީސްތަކުން މަސައްކަތްކުރުމެވެ. 

އެއްވެސް މީހަކީ އަނެކާއަށްވުރެ މޮޅު މީހެއް ކަމަށް ބުނެވޭނެ ހަމަ ގޮތަކީ އެމީހެއްގެ ތަޤްވާވެރިކަން އިތުރުވުންކަން މީސްތަކުން ހަނދާން ނެތިއްޖެއެވެ. ފިރިން އަނބިންގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ފަށައިފިއެވެ. އަނބިން ފިރިންގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ފަށައިފިއެވެ. 

ރަސޫލް (ޞޢވ) ޙަޖަތުލްވަދާޢުގައި ދެއްވެވި ޚުޠުބާއަށް ވިސްނާށެވެ! "ފިރިންނަށް އަނބިންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. ހަމަ އެފަދައިން އަނބިންނަށް ވެސް ފިރިންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ." ވީމާ ޙައްޤުތައް މިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވަވައިފައެވެ. ހިތާމައަކީ މިކަންކަމަށް މިއަދު ވިސްނާ މީހުން މަދުކަމެވެ. 

މީސްތަކުންނޭވެ! މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މިބޮޑު ވަބާއިން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ ކޮންމެ ކަމަކާއި ގުޅިގެންވެސް ކީރިތި ޤްރުއާނަށާއި ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވަވާފައިވާ ގޮތަށް އަމަލުކުރުމެވެ. ދޮގު ވާހަކަތައް ފަތުރައި އުޑުން ތަރިތައް ބިމަށް ބާލާ ޒާތަށް މީހުން ދައްކާ ވާހަކަތައް ޤަބޫލު ނުކުރުމެވެ.

 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކް ގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް