އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގޭގެ ރައްޔާން ދޮރުކޮޅުން ފަސޭހަކަމާއެކު ވަންނަން އެދޭ މީހާ މަހުގެ ސުންނަތް 11 ރޯދަ ހިފާށެވެ!

ސުވަރުގޭގެ ރައްޔާން ދޮރުކޮޅުން ފަސޭހަކަމާއެކު ވަންނަން އެދޭ މީހާ މަހުގެ ސުންނަތް 11 ރޯދަ ހިފާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރަސޫލް (ޞޢވ) ވިދިވިދިގެން 4 ، 5 ދުވަހު ސުންނަތް ރޯދަ ހިއްޕެވިއެވެ. ފަރިއްކުޅުއްވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތް ޙާލުކޮޅުގައިވެސްމެއެވެ. ރޭގަނޑުން 6، 7 ގަޑިއިރު ދަމު ނަމާދު ކުރެއްވެވިއެވެ. އެއަށްފަހު ހެނދުނު ﷲ ތަޢާލާގެ މަގުގައި ހަނގުރާމައަށް ނުކުމެވަޑައިގެން ޖިހާދު ކުރެއްވެވިއެވެ. 

ރަސޫލް (ޞޢވ) މިކަންކަން މިފަދައިން ކުރައްވަމުން ގެންދެވީ ކޮންފަދަ ހާލުކޮޅެއްގައި ހުންނަވައިގެންކަން އެނގޭއިރު އަހަރެމެންނަށް މިހައި ގިނަ ގުނަ ނިޢްމަތްތައް ދެއްވެވުމުން މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ސުންނަތް ރޯދައެއް ހިފޭހެއްޔެވެ؟ އެންމެ ކުޑަމިނުން ދަމުނަމާދެއް ކޮށްލެވޭ ހެއްޔެވެ؟ މުސްލިމުންގެ ތެރެއިން ފޯރުންތެރިކަން ލިބި އުފަލުގައި އުޅޭ މީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ ސުންނަތް ރޯދައެއް އޮތްކަން ވެސް އެނގޭބާވައެވެ! 

ސުންނަތް ރޯދަ ޤަވާއިދުން ހިފާ މީހަކަށް މަހަކު 11 ރޯދަވެސް ހިފަން ޖެހިދާނެއެވެ. އެއީ 4 ހޯމަ އާއި 4 ބުރާސްފަތި 8 ދުވަހުގެ އިތުރުން މަހުގެ 13، 14، 15 ތިން ދުވަހު ރޯދަ ހިފައިފިނަމައެވެ. މަހުގެ 13،14، 15 ތިން ދުވަހުން ކުރެ ދުވަހެއް ހޯމަ، ނުވަތަ ބުރާސްފަތި ދުވަހަކާއި ފައްތަރުވެއްޖެނަމަ ހިފަން ޖެހޭ ރޯދަ މަދުވެދާނެއެވެ. 

ބުރަކަމަކަށްވެދާނެއެވެ. ނަމަވެސް ލިބެން އޮތް މަތިވެރި ނިޢްމަތް ހިތަށް ގެނައުމުން އެއީ އެއްވެސް ބުރަކަމަކަށްނުވާނެއެވެ. ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ވެއެވެ. "އައްރައްޔާން" އެވެ ކިޔުނު ދޮރުކޮޅެވެ. އެ ދޮރުކޮޅުން ވަނުމަށް އެދޭ މީހާ، ރަމަޟާން މަހުގެ ރޯދަ ހިފުމުގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް