އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އެންމެންގެ ކަންކަން ވީހާ ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދަން ނައިބް ރައީސް އެދިވަޑައިގެންފި

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އެންމެންގެ ކަންކަން ވީހާ ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދަން ނައިބް ރައީސް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުންގެ ކަންކަން ވީހައި ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. 

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ދައުލަތުން ބަލަހައްޓަމުން ގެންދާ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް މުއައްސަސާތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާކުރައްވަން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.  

މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ ކުޑަކުދިންނަށް ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަތަން ދަސްކޮށްދިނުން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް އެފަދަ ބޭސް ލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާބެހޭގޮތުން މި ބައްދަލުވުމުގެ ބައިވެރިންނާއެކު ނައިބު ރައީސް ވަނީ މަޝްވަރާކުރައްވައިފައެވެ.

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ އިސްފަރާތްތައް ބައިވެރިވި މި މަޝްވަރާ ބައްދަލުވުމުގައި ގުރައިދޫ މަރުކަޒާއި ކުޑަކުދިންގެ ހިޔާ އަދި ފިވަތީގެ ކަންކަން މިހާރު ކުރިއަށްގެންދާގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޮޅުންފިލުއްވައިފައެވެ. އަދި އެތަންތަނުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތަކާ އަދި އެކަންކަންކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު