އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސްދޫއިން ގެއްލުނު ކުޑަކުއްޖާ، ދޯންޏެއްގެ ތެރެއިން ފެނިއްޖެ

ރަސްދޫއިން ގެއްލުނު ކުޑަކުއްޖާ، ދޯންޏެއްގެ ތެރެއިން ފެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

އއ. ރަސްދޫއިން ގެއްލިގެން ރޭގައި ހޯދަމުން ދިޔަ ކުއްޖާ، އެރަށު ބަނދަރުގައި އޮތް ދޯންޏެއްގެ ތެރެއިން ފެނިއްޖެއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލަރ އަބްދުﷲ އަނީލް ވިދާޅުވީ އެކުއްޖާ ފެނިފައިވަނީ މިއަދު ފަތިސް ނަމާދަށްފަހު ކަމަށާއި، ފެނުނީ ބަނދަރުގައި އޮތް ދޯންޏެއްގެ ތެރޭގައި ނިދިފަ އޮއްވާ ކަމަށެވެ. ކުއްޖާ ފެނުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް ވެސް އަނީލް މައުލޫމާތު ދެއްވިއެވެ.

މިއީ ކުޑަކުއްޖަކާއި ގުޅުން ހުރި ހާދިސާއަކަށްވުމުން، ހާދިސާގެ ގޮތުން އިތުރު މައުލޫމާތާއި ކުއްޖާއާއިބެހޭ ތަފްސީލު ވެސް ސިއްރު ކުރަމެވެ.

ރަސްދޫއިން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. ކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭ އިޝާ ނަމާދަށްފަހުއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ 21 ޖުލައި 2019 ވަނަ ދުވަހުގެ ރޭ 22:19 ހާއިރު 14 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މިމައްސަލައާއި ގުޅިގެން ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން މިއަދު ފަތިހު 4:39 ހާއިރު އެކުއްޖާ ފެނިފައިވާ ކަމަށެވެ. އެކުއްޖާ މިހާރުވަނީ ކުއްޖާގެ އާއިލާއާއި ހަވާލު ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ކުއްޖާގެ ހާލު ރަނގަޅެވެ. އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

ٱلْـحَـمْـدُ للهِ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ