އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯޑެއްދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރަކަށް އެހެން ކުއްޖަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ހޯޑެއްދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރަކަށް އެހެން ކުއްޖަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

ގދ. ހޯޑެއްދޫ ސްކޫލްގެ ގްރޭޑް 3 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ ފިރިހެން ކުއްޖަކަށް އެސްކޫލްގެ އެހެން ދަރިވަރަކު ވަރަށް ބޮޑަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމަ "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، އުމުރުން 9 އަހަރުގެ އެދަރިވަރަށް އެސްކޫލްގެ އެހެން ފިރިހެން ކުއްޖަކު އަނިޔާކުރީ، މިއަދު ސްކޫލްގައި ކުޅިވަރު ކުޅެ ނިމިގެން ތިއްބާކަމަށް ސްކޫލުގެ ޓިޗަރުން ބުނެފައިވާ ކަމަށެވެ. އެކުއްޖާގެ ކަނާތު ލޯކައިން ވަނީ ވަރަށް ބޮޑަށް ކަފައިގެން ކޮސްފައެވެ.

"އޭނަގެ ކްލާސް ކުއްޖެކޯ ބުނީ، އޭނަ ކޮއްޕާލީޔޯ ރުޅިއައިސްގެން. ބުނީ ދަރިފުޅު ދުވެފައި އައިތަނުން ކޮއްޕާލީމަ އެތަނުގަ ރާނާފައިން ގާގަނޑެއްގަ ޖެހިގެން ލޯ ކައިރި ފަޅައިގެން ދިޔަ ކަމަށް. މިއީ ފުރަތަމަ ފަހަރެއް ވެސް ނޫން، ކުރިން ވެސް ވަރަށް ގިނައިން ދަރިފުޅަށް އެދަރިވަރުގެ ފަރާތުން އަނިޔާތައް ލިބެމުން ދިޔަ. އެއްފަހަރު އެގޮތަށް އަނިޔާ ކޮށްގެން ސްކޫލްގަ ހުރެފަ ވެސް ދަރިފުޅު ރޮމުން ގެއަށް އައި ދެން ސްކޫލަށް ނުދާނަމޭ، އެކުއްޖާ އަނިޔާ ކުރަނީ އޭ ކިޔާފަ. އެދުވަހު ސްކޫލްގެ އިސް ފަރާތަކުން ވެސް އައި އެމައްސަލަ ބަލަން އަހައި އޮޅުން ފިލުވަން" އަނިޔާ ލިބުނު ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އެކުއްޖާއަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ އަނިޔާކުރި ކުއްޖާގެ ބެލެނިވެރިންނަށް އެންގި ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.

"ޓީޗަރުން ބުނި ތިމަންނަމެން ބެލެނިވެރިން ގެނެސްގެން ނަސޭހަތް ދީފައޭ ހުންނާނީ. ކުއްޖާއަށް ވެސް ނަސޭޙަތް ދިން ވާހަކަ ބުނި. ތިމަންނަމެންނަށް ބުނެވޭނީތާއޭ، އެހެން ޓީޗަރުން ބުނީ. ކުރިން އަނިޔާވެގެން ދަރިފުޅު ގެއަށް އައި ފަހަރުވެސް، ސްކޫލް ފަރާތުން އެމައްސަލަ ބެލި. ގެއަށް އައި ސްކޫލްގެ އިސްވެރިޔާ ވެސް ބުނި ތިމަންނަ ޔަގީންކަން ދެމޭ ދެން އެކަހަލަ އަނިޔާއެއް ދަރިފުޅަށް ނުވާނެކަމަށް. އެކަމަކު އޭގެ މަހެއްވަރު ފަހުން އަނެއްކާ މިކަންތައް މިދިމާވީ." ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އެދުވަހަށްފަހު ވެސް ސްކޫލަށް ނުދާން ވަރަށް ގިނައިން ދަރިފުޅު ކީކަމަށާއި އަނިޔާ ކުރާ ވާހަކަ ބުނި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ނަމަވެސް ކުޑަ ކުދިންތަކެއްގެ ދެމެދުގެ ކަމަކަށްވާތީ، އެކަންތައް މާބޮޑު ކަމަކަށް ނުނެގީ ކަމަށް ވެސް އޭނާ ބުންޏެވެ.

އަނިޔާ ލިބުނު ކުއްޖާއަށް ގދ. ތިނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން، މާލެ ގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު އެމްއާރްއައި އެއް ހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ. ނަމަވެސް އެފަދަ ބޮޑު ޚަރަދެއް މިވަގުތު ކުރެވެން ނެތިގެން އެކަމާއި ހާސްވެފައި ހުރިކަމަށް ވެސް އަނިޔާ ލިބުނު ކުއްޖާގެ މަންމަ ބުންޏެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ