އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުހުމާއި ނުރުހުން ވެސް ލިބެމުންދިޔަ "ލީނާ" ޕްރިމިއަރ ކޮށްފި، ބަލަންދިޔަ މީހުން މަދެއް ނޫން!

ރުހުމާއި ނުރުހުން ވެސް ލިބެމުންދިޔަ "ލީނާ" ޕްރިމިއަރ ކޮށްފި، ބަލަންދިޔަ މީހުން މަދެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އެފިލްމެއް އުފައްދަން ވާހަކަ ދައްކަން ފެށުނީއްސުރެ މިއަދާއި ހަމައަށް ވެސް ގިނަ ބައެއްގެ ފަރާތުން އެންމެ ގިނަ ފާޑުކިޔުން އަމާޒުވި އެއް ފިލްމަކީ، އެކްޓަރ/ ޑައިރެކްޓަރ އަބްދުﷲ މުއާޒް އުފެއްދި ފުރަތަމަ ފީޗަރ ފިލްމު "ލީނާ" އެވެ. 

ފިލްމާއި ދޭތެރޭ ރުހުނު މީހުންނާއި ނުރުހުން ފާޅު ކުރި މީހުންގެ އިންތިޒާރުވެސް މިރޭ ވަނީ ނިމުނަކަށް އައިސްފައެވެ. ފިލްމު "ލީނާ" މިރޭ އޮލިމްޕަހު ސްކްރީނުގައި ޕްރިމިއަރ ކޮށްފައިވާއިރު، ފާހަގަ ކޮށްލެވޭ އަނެއް ޚާއްސަކަމަކީ މިފިލްމު ބަލަން ގޮސްފައިވާ މީހުން ގިނަ ކަމެވެ. 

"ލީނާ" މިފިލްމު ޕްރިމިއަރ ކޮށްދެއްވީ ގިނަ ދިވެހި ޑްރާމާތަކުން ކުރިން ފެނިފައިވާ އަދި ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު އަބްދު (މުހައްމާ) އެވެ. 

މާލޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޚާނާ ތެރޭގައި 2002  ވަނަ އަހަރު މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސް ގެ މަރާއި މިފިލްމާއި ގުޅުމެއްވާ ކަމަށް ބުނެ، ބައެއް މީހުން މީގެކުރިން ވަނީ މިފިލްމު ބޯއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ. 

"ލީނާ" ފިލްމުގައި ހަރަކާތްތެރިވެފައިވަނިި ދިވެހި ފިލްމު އިންޑަސްޓްރީގަ މިހާރު އެންމެ ފުންނާބު އުސް އެއްތަރި ކަމަށްވާ މަރިޔަމް އައްޒަ އާއި، ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުއައިބު (ނުޒޫ) ގެ އިތުރުން އެފަދަ ދެވަނައެއް ނުވާ އަލީ އާޒިމް (ދޮން އައްޔަ) އެވެ. ފިލްމުގެ މުހިންމު އެއް ރޯލުން ފެނިފައިވަނީ "ލީނާ" އެފަރާތަކަށް އެންމެ މުހިންމުވާ އަބްދުﷲ މުއާޒް އެވެ. 

މިތަރިންގެ އިތުރުން ޒީނަތު އައްބާސް އާއި ވިސާން (ކަނޑި) ގެ އިތުރުން އަހުމަދު ސައީދާއި، އާނަންދު، މަރިޔަމް އަބްދުލް ހަލީމް ގެ އިތުރުން އަހުމަދު ނިމާލް ވެސް ޚާއްސަ ފެނިލުމަކުން ފެނިފައިވެއެވެ.

"ލީނާ" ގެ ރިވިއު ވަރަށް އަވަހަށް "މިއަދުނޫހުގައި" ޝާއިއު ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ