އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖީބަށް ޑޮލަރު ވަން ނަމަވެސް އިސްލާމް ދީނާ، އިސްލާމީ އުޞޫލުތަކާއި ދުރަށްދާނަމަ ލިބޭ ގެއްލުން މާބޮޑުވާނެ!

ޖީބަށް ޑޮލަރު ވަން ނަމަވެސް އިސްލާމް ދީނާ، އިސްލާމީ އުޞޫލުތަކާއި ދުރަށްދާނަމަ ލިބޭ ގެއްލުން މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

"ރަށުގެ ބައެއްގެ ޖީބަށް ޑޮލަރު ވަން ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ބީޗްގައި ނަމަވެސް ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައިއުޅުން ކަމަކު ނުދެއެވެ. މިކަމަށް ރާއްޖޭގައި ހަދާފައި ހުރި ޤާނޫނުތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކުންތޯއެވެ؟" 

މިއީ ގިނަ ބައަކު ދައްކަމުން ގެންދާ ވާހަކަތަކެވެ! ގެސްޓް ހައުސް ވިޔަފާރިއާއިއެކު ރަށްރަށުގެ ރައްޔިތުންނަށް ތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ނަމަވެސް އިސްލާމް ދީނަށް އަމަލުކުރުން މިދަނީ ކުޑަވަމުންނެވެ. ނުބައި އާދަތައް މިދަނީ މުޖުތަމައުގަި ޢާންމުވަމުންނެވެ. ސަރުކާރުގެ ދޯދިޔާ ކަމުންނެވެ.  

ސަރުކާރުގެ ދޯދިޔާކަމުން ކަމަށް ބުނަން ޖެހެނީ ސަބަބުތައް ހުރުމުންނެވެ. ފުރަތަމަ ކަމަކީ މިހައި ތަނަށް ބުނަމުން އައީ ބަނގުރަލާއި ނުލައި ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއީ އެއްވެސް ތެދެއް ނޫންކަން ގެސްޓް ހައުސް ވިޔަފާރިން ވަނީ ސާބިތުކޮށްދީފައެވެ. ސަރުކާރުން އެކަމުގައި ހަރުދަނާ ވުމުންނެވެ. 

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅުމުގެ އުޞޫލު ސަރުކާރުން ކަނޑައަޅާފައިވާއިރު އެ އުޞޫލަށް އަމަލު ކުރާނަމަ މިހާރު ކުރިމަތިވަމުން މިދާ މައްސަލަތައް ކުރިމަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެންމެ ކުޑަމިނުން އެ އުޞޫލު ފަތުރުވެރިންނަށް އަނގައިދެވޭ ނަމަވެސް މައްސަލަތައް މަދުކުރެވޭނެއެވެ. ހިތާމައަކީ އެވަރުވެސް ސަރުކާރުތަކުން ނުކުރާ ކަމެވެ.

ގެސްޓް ހައުސް ފަތުރުވެރިކަމުން ލިބޭ މާލީ ފައިދާގެ ވާހަކައަކީ މަޖިލީހުގައި މިހާރު އެންމެ ގިނައިން ދައްކާ ވާހަކައެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުތަކަށް އަމަލު ނުކުރުމުން ލިބެމުން އަންނަ ބޮޑު ގެއްލުމުގެ ވާހަކަ އެއްވެސް މެންބަރަކު ނުދައްކައެވެ. ގެސްޓް ހައުސް ފަތުރުވެރިކަމަށް ހިތްވަރުދޭއިރު އިޞްލާޙްކުރަން ޖެހޭ ކަންކަމުގެ ވާހަކަ ނުދެއްކުމަކީ މައްސަލއެއް ކަމުގައި ގިނަ ބައަކު ފާހަގަކުރެއެވެ. އިސްލާމް ދީނުގެ އުޞޫލުތަކާއި އަދި ރާއްޖޭގެ ޤާނުނުތަކާއި އެއްގޮތަށް ފަތުރުވެރިކަން ކުރިއަރުވަން ކުރިއަރުވަން ހިތްވަރުދޭ އަޑު މަޖިލީހުގެ ތެރެއިން ނުއިވުމަކީވެސް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް