އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަތާރަ ފަރާތަކަށް ރަން ލާރި އެވޯޑު ދީފި

ސަތާރަ ފަރާތަކަށް ރަން ލާރި އެވޯޑު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ސަތާރަ ފަރާތަކަށް ރަން ލާރި އެވޯޑު ދީފިއެވެ.

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ 'ރަން ލާރި' އެވޯޑު މީރާގެ އަހަރީ ދުވަހުގެ ހަފްލާގައި 17 ފަރާތަކަށް ލިބިއްޖެއެވެ. މި އެވޯޑު ދީފައިވަނީ 2 އޮގަސްޓް 2019 ގައި ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ. މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ.

މިގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގިންތިން މި އެވޯޑު ލިބިފައިވާ ފަރާތްތަކަކީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އަދި ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ ޝެވަލް ބްލަންކ ރަންދެލި، ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު، ކުރަމަތި މޯލްޑިވްސް، އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ހުޅުލޭ އައިލެންޑް ހޮޓެލް، ފޯ ސީޒަންސް އެކްސްޕްލޯރަރ، ސީސަން ޕެރަޑައިސް އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އެވެ. ޓޫރިޒަމް ދާއިރާނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ ގަލޮޅު އޮޓޯ ގަރާޖް، ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް އަދި ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޮމްޕެނީ ލިމިޓެޑުންނެވެ.

މީގެ އިތުރުން ވިތުހޯލްޑިންގ ޓެކްސްގެ ގިންތިން ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގިންތިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިންތިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ވެސް ވަނީ މި އެވޯޑު ލިބިފާވެއެވެ.

ރަން ލާރި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރުކުވެސް ދެމުން އަންނަ އެވޯޑަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ