އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ، ނައިބު ރައީސް ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ގިނަ ދާއިރާތަކަކުން ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ އެކުވެރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ. 

މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ޗައިނާއަކީ ރާއްޖެއަށް ތަރައްޤީ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ޗައިނާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޓީޗަރުންނާއި ދަރިވަރުންނަށް ފަންނީގޮތުންނާއި ތަޢުލީމީގޮތުން ތަޖުރިބާ އިތުރުކުރުމަށް ޗައިނާއަށް ދަތުރުކުރުމުގެ ފުރުސަތު ހޯއްދެވުމާ ގުޅޭގޮތުންވެސް ސަފީރާއި  ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެވުމުގައި އަޒީމާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން މިހާރުވެސް ރާއްޖޭގެ އެކި މުވައްޞަސާތަކާ ގުޅިގެން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެނޫން އެހެންދާއިރާތަކުން ފުރުޞަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އަޒީމާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އަޒީމާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަސައްކަތްކުރެއްވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ