އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިވިލް ސަރވިސްގެ އެއް ހާސް މުވަޒިފުން އިންޑިއާގަ ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށަނީ!

ސިވިލް ސަރވިސްގެ އެއް ހާސް މުވަޒިފުން އިންޑިއާގަ ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.އެސް.ޖީ.ޖީ) އާއިއެކު  އާއިއެކު ސޮއިކޮށަފައިވާ ފަހުމުނާމާގެދަށުން އިންޑިއާގައި ސިވިލް ސަރވިސް މުވައްޒިފުން ތަމްރީނުކުރަން ފެށުން އިފްތިތާޙްކުރަން އިންޑިއާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރަން ހަމަޖެހިއްޖެއެވެ. 

މި ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރުމުއްދަތުގެ 1000 ތަމްރީނު ފުރުސަތު 5 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި ފަހުމުނާމާގެ ދަށުން އެން.ސީ.ޖީ.ޖީގެ ފަރާތުން ހަމަޖައްސާދޭ ތަމްރީނުތަކުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ގޮތުންނާއި އަދި މި ތަމްރީނުތައް ކުރިއަށްގެންދާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި މަޝްވަރާކުރުމަށް 3 ބޭފުޅުންގެ މައްޗަށް ހިމެނޭ އިންޑިއާގެ ވަފުދެއް  އޯގަސްޓު 19 އަދި 20 ގައި ރާއްޖޭއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި ވަފުދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓު 2019 ގައެވެ. 

އެން.ސީ.ޖީ.ޖީ އަކީ އިންޑިއާގެ އިސް މަޤާމުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުން ތާޒާކޮށް މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށް ފުޅާދާއިރާގައި ތަމްރީނު ހިންގާ މަރުކަޒެކެވެ. 

ފަހުމުނާމާގެ މަޤްސަދަކީ ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާ ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމާއި އަދި މިކަމަށް ބޭނުންވާ ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އެހީތެރިކަންދީ ދެ ފަރާތާއި ދެމެދުގައި ތަޖުރިބާ ޙިއްސާކުރުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު