އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީއެސްސީގެ ރައިސް އާއި 3 މެންބަރުން މަގާމުން ވަކިކުރަނީ

ސީއެސްސީގެ ރައިސް އާއި 3 މެންބަރުން މަގާމުން ވަކިކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައިސް އާއި 3 މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.

ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީތަކަށް މިހާރުގެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވައި ސިވިލް ސަރވިސް ކޮމިޝަނުގެ ހަތަރު މެންބަރުން ވަކިކުރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ނިންމިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ހަތަރު މެންބަރުން ވަކިކުރުމަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފެވެ. އަދި މި ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ. މި ހުށަހެޅުން  ފާސްވި  ވޯޓުގައި ބައިވެރިވެޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަގާމުން ވަކިކުރުމަށް ނިންމި ހަތަރު މެންބަރުން މަޤާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު