އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުނީ ޙައްޤު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކައެއް ނޫން: ޢަލީ ޢާޒިމް

ބުނީ ޙައްޤު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކައެއް ނޫން: ޢަލީ ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ވިދާޅުވީ ޙައްޤު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. 

ޢަލީ ޢާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގެ މައްސަލައިގައި މީސްމީޑިއާގައި ބަހުސްތައް ކުރެވެމުންދާ ވަގުތެއްގައެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޢަލީ ޢާޒިމް ވިދާޅުވީ ސަރުކާރުގެ މަޝްރޫޢެއްގައި ނުވަތަ ސަރުކާރުގެ އިމާރާތަކަށް އެ މީހަކު ގެންނަން ބޭނުންވާ ބަދަލެއް ގެނައުމަށް 2،3 މިލިއަން ރުފިޔާ ހޭދަކުރުމަށްފަހު އެކަމުގެ ބަދަލަކަށް 400، 500 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހެޅުމަކީވެސް މައްސަލައެއް ކަމަށާއި އަދި އެ އެދޭ ގޮތަށް ބަދަލުދޭން ޙުކުމް ކުރުމަކީވެސް މައްސަލައެއް ކަމަށެވެ. ކޮންމެ ކަމެއްގައި އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭނެ މިންގަނޑެއް އޮންނަން ޖެހޭނެ ކަމަށެވެ.

"މިސާލަކަށް ބުނާނަމަ ބައެއް ސަރުކާރުތަކުން އެ ސަރުކާރު ރުހޭ ކުދިންކޮޅަކަށް ފައިސާ ކޮޅެއް ދޭން ބޭނުންވީމާ އެކުދިންގެ ކުންފުންޏާ ޙަވާލުކޮށްފާނެ މުންނާރު ތަޅާނުލައި އެތަނުގަ ބަހައްޓަން ރައްޔިތުންގެ ތާއީދު ހޯދަން. އެއީ އެއްވެސް ގޮތަކަށް ކުރަން ނުޖެހޭނެ ކަމަކަށްވާތީ ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުން ބާޠިލުކޮށްފާނެ. ދެން މިދަނީ ކޯޓަށް. ކޯޓަށް ދިއައިމަ ބަދަލަށް 100، 200 މިލިއަން ރުފިޔާ ދޭން ޙުކުމްކުރާއިރު އެންމެ ކުޑަމިނުން އެކަމަށް އެމީހުން ޚަރަދުކުރިވަރުވެސް ބަލައެއް ނުލާ. ޚަރަދުކުރިތޯވެސް ބަލައެއް ނުލާ. އެއްބަސްވުމުގަ ބަދަލު ދޭން އޮންނަތީ އެ މާއްދާއަށް ބަލައި ޙުކުމްކޮށްލަނީ." ކަމަށާއި މިއީ މިކަން ކުރެވިގެންވާނެ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ. 

ރާއްޖޭގައި މިހައިތަނަށް ވެރިކަން ކުރަމުން އައިސްފައިވާ ގޮތުން ބަދަލު ދޭންޖެހޭ އެތައް ހާސް ބައަކު ތިބި ނަމަވެސް ބަދަލު ދޭން ޝަރީޢަތުން ޙުކުމްކޮށްފައިވަނީ ވަރަށް މަދު މައްސަލަތަކެއްގައެވެ. ބަދަލު އެންމެ ޙައްޤުވާ ގިނަ ފަރާތްތަކަށް ބަދަލު ލިބިފައި ނުވުމަކީ އަދި ލިބޭއިރުވެސް ބޮޑު ބައެއް އުނިކޮށް ޙުކުމް ކުރާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ގިނަ ބައަކު ފާހަގަކުރާ ގޮތުގައި މައްސަލަތައް ކުރިމަތިވަނީ ހަމަ އެކަނި ޢާންމު ފަރާތްތަކަކަށްވެސް ނޫނެވެ. ސަރުކާރުޔގެ ކުންފުނިތަކަށްވެސް މައްސަލަތައް ކުރިމަތިވެއެވެ. އެގޮތުން އެސްޓީއޯ އިން 19 މިލިއަން ރުފިޔާގެ ތެޔޮ ބޭނުންކުރުމަށްފަހު އަގު ނުދައްކައި އެތައް އަހަރެއް ފާއިތުވުމުން އެސްޓީއޯއަސް ލިބިފައިވާ ގެއްލުން ފަދަ މައްސަލަތައްވެސް ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް