އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާރާމާރީތައް ވާނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ: އަބްދުﷲ ރިޔާޒް

މާރާމާރީތައް ވާނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ: އަބްދުﷲ ރިޔާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ތ. ތިމަރަފުށީގައި މިފަހަކަށް އައިސް ކުރިއަށްދިޔަ ސިލްސިލާ މާރާމާރީތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

 

މިކަމާއި ގުޅޭގޮތުން ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރާމާރީގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.

 

ތިމަރަފުށީގައި މާރާމާރީ ހިންގާފައި ވަނީ ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައެއްގައެވެ. އެނގިފައިވާ ގޮތުގައި ތިމަރަފުށީ ދެ ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިންގަންފެށީ ފޭސްބުކްގައި ދެ ގުރޫޕްގެ މީހުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުމަށް ފަހުގައެވެ.

 

ސިލްސިލާ މާރާމާރީތަކެއްގައި ދެ މީހަކަށް ތޫނު އެއްޗެހިން ހަމަލާދީ ވަނީ ޒަހަމް ވެސް ކޮށްލައިފަ އެވެ.

 

އީދު ތެރޭގައި މާރާމާރީއެއް ހިންގާފައި ވާއިރު ރޭގަ ވެސް ވަނީ މާރަމާރީއެއް ހިންގާފަ އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ތިމަރަފުށީގެ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު ރޭ 21:11 އެހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ.

 

ރޭގެ މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ