އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމަރަފުށީގަ އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭތޯ މިދަނީ މަސައްކަތް ކުރަމުން: ޢަބްދުﷲ ރިޔާޟް

ތިމަރަފުށީގަ އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭތޯ މިދަނީ މަސައްކަތް ކުރަމުން: ޢަބްދުﷲ ރިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

2019 ގެ ބަޖެޓުގައި ތިމަރަފުށީގަ އެޅުމަށް ނިންމާފައިވާ ތިމަރަފުށީ ހޮސްޕިޓަލް މަޝްރޫޢު މި ފެށޭ 2020 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނުއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. 

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ތިމަރަފުށްޓަށް ދޭންށީގައި އަޅަން ހަމަޖެހިފައި އޮތް ހޮސްޕިޓަލެއް ވިލުފުށީގައި އަޅަން ނިންމި ކަމަށް ދެކެވޭ ވާހަކަތައް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

ނަމަވެސް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލް ވިލުފުށީގައި އަޅަން ނިންމާފައިވާ ކަމަށާއި އެއީ ރިޔާސީ ވައުދެއް ކަމަށެވެ. 

ތިމަރަފުށްޓަކީ އެ އަތޮޅުގެ އެންމެ ބޮޑު އާބާދީ އޮތް ރަށް ކަމާއި އަދި އެއާޕޯޓްވެސް އޮތް ރަށްކަން ފާހަގަކުރައްވައި މިކަން މުޞްޠަފާ ވަނީ ރިޔާޟްގެ ސަމާލުކަމަށް ގެންނަވައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް