އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިދޭސީން ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް އަތް ގަދަކޮށްފި - ދިވެހިންނަށް ބޭރު ޤައުމުތަކުގަ އެ ފުރުޞަތެއް ނެތް: ޢަބްދުލްޣަފޫރު

ބިދޭސީން ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް އަތް ގަދަކޮށްފި - ދިވެހިންނަށް ބޭރު ޤައުމުތަކުގަ އެ ފުރުޞަތެއް ނެތް: ޢަބްދުލްޣަފޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ރާއްޖޭގައި ތިބި ބިދޭސީން ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް އަތް ގަދަކޮށްފި ކަމަށާއި އެކަންކަން ބަލާނެ އެއްވެސް ފަރާތެއް ނެތްއިރު ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުން ގެންދާ ބިދޭސީންގެ މައްސލަތައް ބަލާނެ ފަރާތެއްވެސް ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

މަޖިލީހުގައި މިއަދު ޢަބްދުލްޣަފޫރު ވިދާޅުވީ މާރުކޭޓުގެ ގޮޅިތަކުން ފެށިގެން ބިދޭސީން އަތްގަދަ ނުކުރާ ވިޔަފާރިއެއް މިހާރު ނެތް ކަމަށާއި ކޮޓަރި ކުއްޔަށް ދޫކުރަން ތިބީ ވެސް ބިދޭސީން ކަމަށެވެ. "މިހުރިހާ ވިޔަފާރިތައް ރާއްޖޭގައި ކުރުމުގެ ފުރުޞަތު ބިދޭސީންނަށް އޮތް ނަމަވެސް މިފަދަ މަސައްކަތްތައް ބޭރު ޤައުމުތަކުގައި ކުރުމުގެ ފުރުޞަތު އެއްވެސް ވަރަކަށް ދިވެހިންނަކަށް ނެތް." 

"60000 ބިދޭސީން ރާއްޖޭގައި އުޅެމުން ގެންދާއިރު އެމީހުން ކަންކަން ކުރާނީ ކުރާނެ ގޮތަކަށް ނޫންތޯ އިއްޒަތްތެރި ރައީސް. މިކަންކަން މިހާރުގެ ސަރުކާރުން ހުއްޓުވާނެ." 

ޢަބްދުލްޣަފޫރު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ ކަންތައްތައް ބޮއްސުންލައިގެން ގޮސްފައި މިވަނީ ވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބައަކު އެކަމުގައި ބައިވެރިވެގެން ކަމަށެވެ. 

"ރާއްޖެ އައުމަށްފަހު ޕާސްޕޯޓް އިރައިލީމާ އެމްބސީން ވެސް އެމީހުންނާ ޙަވާލެއް ނުވޭ. ވީމާ ޤާނޫނުތަކަށް ބަދަލުގެންނަން އެބަޖެހޭ. ވަކި މުއްދަތަކަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ބިދޭސީންނަސް ނުއުޅެވޭނެ ގޮތް ހަދަން އެބަޖެހޭ. 30، 40 އަަހތރުވަންދެން ބައެއް ބިދޭސީން ވިޔަފާރި އެބަކުރޭ. ރާއްޖެ އަންނަ ދުވަސްކޮޅު ކަންކަން ރަނގަޅަށް ކޮށްލުމަސްފަހު ވަދެގެން ދަނީ ގޯސްކަންކަމުގެ ތެރެއަށް." 

ޢަބްދުލްޣަފޫރު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ވެސް ނުރައްކާވަމުން އަންނަ ކަމަށާއި މިހާލަތުން ޤައުމު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި އެމަސައްކަތަށް ރައްޔިތުންނާއި މަޖިލީހާއި ސަރުކާރުގެ އިޚްލާޞްތެރިކަން ވެސް ބޭނުންވާ ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް