އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިމީހާގެ ހަށިގަނޑުން ތިބާއަށްޓަކައި އޮހޮރި ލެއާމެދު ވިސްނައިލަމު ހެއްޔެވެ؟

މައިމީހާގެ ހަށިގަނޑުން ތިބާއަށްޓަކައި އޮހޮރި ލެއާމެދު ވިސްނައިލަމު ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ދަރިއަކަށް ބަލިވެ އިނީންސުރެ މައިމީހާ އުފުލާ ތަކްލީފްތަކުގެ ވާހަކަ ތަކަކީ އައު ވާހަކަތަކެއް ނޫނެވެ. މައިމީހާގފެ ހަށިގަނޑުގައި އަޅާ ވޭންތަކުގެ ވާހަކައެވެ. އިށީނދެ، އޮށޯވެ ނުލެވިގެން އުޅޭ ޙާލުގެ ވާހަކައެވެ. މޭ ނުބައި ކުރުމާއި ހޮޑުލެވުމާއި ނުކެވި އުޅެންޖެހުމުގެ މައްސަލަތަކުގެ ވާހަކަތަކެވެ. ބަނޑު ބޮޑުވެ ހަށިގަނޑު ބަރުވެ ހިނގައި ނުގަނެވިގެން އުޅެންޖެހޭ ގޮތުގެ ވާހަކަތަކެވެ. 

މިފަދަ ހުރިހާ ކަންކަން އެއްފަރާތުގައި ބަހައްޓާށެވެ. ހަމައެކަނި ވިހެއުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވެގެންދާ ލޭގެ އަދަދު ބެލިފައިވޭހެއްޔެވެ؟ ކިތައް ލިޓަރު ނުވަތަ ކިތައް ގެލަން ލޭ މައިމީހާގެ ހަށިގަނޑުނެ ބޭރުވެގެންދާ ކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟ އެހުރިހާ ކަންކަން ވެސް އެ ހިސާބުން ބަހައްޓާށެވެ! ވިހެއުމަށްފަހު ދަރިފުޅު ބޮޑުވުމާއި ހަމައަށް މައިމީހާ އުފުލާ ބުރައަށް ވިސްނައިލަމު ހެއްޔެވެ؟ 

އިސްލާމް ދީނުގައި މައިންގެ ޤަދަރު އުފުލިގެންވަނީ މިފަދަ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. މައިންނަށް ހެޔޮކޮށް ހިތަން ލާޒިމުކުރައްވަވާފައިވަނީ މިފފަދަ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. 

ނަމަވެސް ދަރިފުޅު ބޮޑުވެ ކިޔަވައި މޮޅުވެ ބޮޑު މުސާރަ ލިބެން ފެށުމުން މައިމީހާ އާއިމެދު އަޅައިލެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް އަޅައިލެވޭ ހެއްޔެވެ؟ މައިމީހާއަށް އެހީތެރިވާން ބޭނުން ނުވުމުން ބަހަނާއަކަށް ތިއަ ދައްކަނީ ކޮންމެވެސް އެއް ދުވަހަކު މަންމައަސް ކޮށްނުދެވިފައި އޮތް ކޮންމެވެސް ކަމެކެވެ. އެފަދަ ކަންކަން ފާހަގަކުރާއިރު ކިތައް ދުވަހު ކިތައް ކަންތައް ކޮށްދިންކަން ހަނދާނުގައިވެސް ނުހުރެއެވެ. 

މީސްތަކުންނޭވެ! ވިސްނުން ބަދަލުކުރާށެވެ! މައިން ބަފައިން ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރާށެވެ! އެމީހުންނަށް ދޭންޖެހޭ ޙައްޤު މަޤާމް ދޭށެވެ! ޤަދަރާއި އަޅައިލުން ދޭށެވެ! ކީރިތި ޤްރުއާނުގައި އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ! ފުރިހަމަ މުސްލިމަކަށް ވެވޭނީ ކީރިތި ޤްރުއާނުގައިވާ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް