އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް އެޗްއާރްސީއެމް އިން ނުބެލި!

ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް އެޗްއާރްސީއެމް އިން ނުބެލި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނުބަލަން ނިންމާފައިވާކަން ހާމަވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމް އިން އެމައްސަލަތައް ނުބަލަން ނިންމި ސަބަބު އޮޅުންފިލުވުމަށް އެކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިތްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް އިއްޔެ ވަނީ ސުވާލު ކޮށްފައެވެ.

އެގޮތުން އެންޓި-ޓޯޗާ ރިޕޯޓް 2019 ގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން އެތަނުގައި ބަލަހައްޓަމުންގެންދާ އަނިޔާ ކޮށްގެން ޖުމްލަ 10 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މިގޮތުން އަނިޔާ ލިބުނު މައްސަލަތަކުގައި 22 ކުއްޖަކު ހިމެނޭއިރު، ބައެއް ކުދިން ބަރަހަނާކޮށްފައިވާ މައްސަލައެއްގައި އެމަރުކަޒުގަި މަސައްކަތްކުރާ އަށް މުވައްޒިފަކާއި ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އެއީ މަރުކަޒުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން ދިޔަ ހަތް މުވައްޒިފަކާއި ދާއިމީ އެއް މުވައްޒިފެވެ.

މީގެއިތުރުން، މިފަދަ މައްސަލަތަކުގައި ކުދަކުދިންގެ ހިޔާގެ 10 މުވައްޒިފަކަށް ޖެންޑާ މިނިސްޓްރީން އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެފަރާތްތަކުގެ މައުލޫމާތު އެޗްއާރްސީއެމް އާއި ހިއްސާކޮށްފައިވީ ނަމަވެސް އެފަރާތްތަކުން ހިންގި ޓޯޗާގެ އަމަލު ކޮމިޝަނުން ތަހުގީގު ކޮށްފައިނުވާ ކަމަށް ވެސް އެންޓި ޓޯޗާ ރިޕޯޓުގައި ވެއެވެ.

އިއްޔެ ބޭއްވުނު ކޮމިޓީގައި މަޖިލިސް މެމްބަރުން ވަނީ މައްސަލައިގައި ކުދިންނަށް ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާއިރު، އެފަދަ މައްސަލައެއް ނުބަލަން އެޗްއާރްސީއެމް އިން ނިންމި ސަބަބު އޮޅުންފިލުވައިދިނުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި އެކަށީގެންވާ ވަރަށް ހެކި ނުލިބޭނެ ކަމަށް ނިންމާ ގޮތް އޮޅުންފިލުވާ ދިނުމަށް ވެސް މަޖިލިސް މެމްބަރުން އެދިވަޑައިގެންނެވިއެވެ. 

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްއާރްސީއެމް އިން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވާ، މައްސަލަ އާ ގުޅޭގޮތުން ލިބިފައި ހުރި މައުލޫމާތާއި ހެއްކަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށާއި އެމައްސަލައިގައި ޓޯޗާގެ އަމަލު ހިމެނޭތީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގު ކުރުމަށް ކުޑަކުދިންގެ ހިޔާއަށް ގޮސް، މައްސަލައިގައި ހިމެނޭ ކުދިންނާ ސުވާލުކޮށްފައި ވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް