އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްއާރްސީއެމް އިން ބެލި ޓޯޗާ މައްސަލަތަކުގައި ހެއްކެއް ނުލިބުން!

އެޗްއާރްސީއެމް އިން ބެލި ޓޯޗާ މައްސަލަތަކުގައި ހެއްކެއް ނުލިބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކުރި ޓޯޗާ ނުވަތަ އަނިޔާގެ އެއްވެސް މައްސަލައެއް ސާބިތުވާ ވަރަށް ހެކި ލިބިފައިި ނުވާ ކަމަށް، "ޓޯޗާ ރިޕޯޓު" ގައި ބުނެފިއެވެ.

 

އެޗްއާރްސީއެމުން ނެރުނު އެރިޕޯޓުގައި ބުނެފައިވަނީ ޖުލައި، 1، 2018 އިން ޖޫން، 30، 2019 އަށް ޓޯޗާއާ ގުޅުން ހުރި 43 މައްސަލަ ހުށަހެޅި ކަމަށާއި މީގެ ތެރެއިން 31 މައްސަލައެއްގެ ތަހުގީގު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

 

"ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ 31 މައްސަލައިގެ ތެރެއިން 26 މައްސަލައިގައި ޓޯޗާގެ އަމަލެއް ހިންގާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައެއް ނުވެ އެވެ. ނަމަވެސް ބާކީ 5 މައްސަލައިގައި ޓޯޗާކޮށްފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވެ އެވެ،" ޓޯޗާ ރިޕޯޓުގައިވެ އެވެ.

 

މި ފަސް މައްސަލައިގެ ތެރެއިން ހަތަރު މައްސަލައެއް، ދައުވާކުރުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ މަޝްވަރާ އަށް ފޮނުވި އެވެ. ދައުވާ އުފުލޭ މިންވަރަށް ހެކި ނެތުމާއި ވަކި މީހެއްގެ މައްޗަށް ދައުވާ އުފުލެން ނެތް ކަަމަށް ބުނެ އޭގެތެރެއިން ތިން މައްސަލައެއް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ