އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގޭގަ އެމީހަކަށްޓަކައި ގަނޑުވަރެއް ނެތް އެކަކުވެސް ދުނިޔެއަށް އުފަންވެފައެއް ނުވެއެވެ!

ސުވަރުގޭގަ އެމީހަކަށްޓަކައި ގަނޑުވަރެއް ނެތް އެކަކުވެސް ދުނިޔެއަށް އުފަންވެފައެއް ނުވެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ސުވަރުގޭގައި ގަނޑުވަރު ހުންނާނީ ހަމަ އެކަނި ސުވަރުގެ ވައްދަވާ މީހުންނަށް އެކަނި ކަމަށެވެ. އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިދުނިޔެއަށް އުފަންވާ ކޮންމެ މީހަކަށްޓަކައިވެސް ސުވަރުގޭގައި ގަނޑުވަރެއްވެއެވެ. މައްސަލައަކީ މީސްތަކުން އެމީހާގެ ގަނޑުވަރު ލިބި ނުގަންނަ ކަމެވެ.

ސުވަރުގޭގައި ކޮންމެ މީހަކަށްޓަކައިވެސް މަޤާމެއް ވަނީ ލައްވަވައިފައެވެ. އެހެނީ ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ އެންމެން ސުވަރުގެ ވަނުމަށެވެ. އެއްވެސް މީހަކު ނަރަކައަށް ވެއްދެވުމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އެމީހާއަކީ ފާފަތަކުން ފުނިޖެހެމުން ގޮސް އެމީހަކަށް ކުރެވިފައިވާ ފާފަތައް ކަނޑުގެ ލޮނުގަނޑުހައި ގިނަވެފައިވީ މީހަކު ނަމަވެސް ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ފުއްސަވައި ދެއްވަވާ ކަމެވެ. އެމީހަކު ނަރަކައިން މިންޖުކުރައްވަވައި ސުވަރުގެ ވައްދަވައި ދެއްވަވާ ކަމެވެ.

ދުނިޔެއަށް އުފަން ކުރެއްވެވި އެންމެން ﷲ ތަޢާލާ އެންގެވި ގޮތުގައި އުޅެ، ސުވަރުގެ ވަންނަން މަސައްކަތްކޮށްގެން ސުވަރުގެ ޙާޞިލުކުރި ނަމަވެސް ﷲ ތައާލާގެ ޚަޒާނާއަށް އެކަމުން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ.  

ހަމަ އެއާއިއެކު ތައުބާވުމަށް ދެއްވަވާފައި އޮތް މުޙުލަތުގެ ދިގުކަމަށް ނިކަން ވިސްނައިބަލާށެވެ! މަރުގެ މަލާއިކަތާ އެމީހެއްގެ ލޮލަށް ފެނުމާއި ހަމައަށް އެފުރުޞަތު ވަނީ ދެއްވަވައިފައެވެ. ހުޅަނގުފަރާތުން އިރު އަރަންދެން އެ ފުރުޞަތު ވަނީ ދެއްވަވައިފައެވެ. އިންސާނުންގެ ތެރެއިން އެންމެ ގިނަ ބައަކަށް ނަރަކައަށް ދާން ޖެހެނީ ޢުމުރުގައި އަދިވެސް ވަގުތު އެބައޮތްކަމަށް  ޤަބޫލުކޮށް ތައުބާވުން ފަސްކުރާތީއެވެ. ތައުބާނުވެ ފާފަތައް ކުރަމުން ގޮސް ކަޅުތިލަތަކުން ނުވަތަ ކަޅު ލަކުނުތަކުން ހިތް ފުރައިލާތީއެވެ. 

ދައްޖާލުވެސް އަދި ފައުޅުނުވާތީ ޢީސާގެފާނު ބިމަށް އެނބުރި ވަޑައިނުގަންނަވާތީ ނުވަތަ މަހްދީގެފާނު ފައުޅު ނުވާތީ ޤިޔާމަތް ދުވަސް އަދި އަވަހަކަށް ނުއަންނާނެ ކަމަށް ބަލައި މިއަދުން ފެށިގެން ޤިޔާމަތް ދުވަހާއި ދެމެދު ފީތާ އެޅަން ހުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިބައްދަލުވުމުގައި މިތަނުގައި އަހަރެމެން ތިއްބައިވެސް މަލަކުލްމައުތު ވަޑައިގެން އަހަރެމެންގެ ފުރާނަ ހިއްޕަވައިފިނަމަ އަހަރެމެންނަށް އެއޮތީ ޤިޔާމަތްވެފައެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސް ތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اﷲގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެެވެ." (އަލްޒުމަރު: 53)

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް