އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވާ މީހަކު މަރުވުމުން ރޯ ރުއިމަކީ އެމީހާއަށާ މަރުވި މީހާއަށް ފައިދާކުރާނެ ރުއިމަކަށް ހަދަން އަމަލުކުރަން ކުރެވިދާނެ ބައެއް ކަންކަން!

ލޯބިވާ މީހަކު މަރުވުމުން ރޯ ރުއިމަކީ އެމީހާއަށާ މަރުވި މީހާއަށް ފައިދާކުރާނެ ރުއިމަކަށް ހަދަން އަމަލުކުރަން ކުރެވިދާނެ ބައެއް ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

އިންސާނުންނަކީ އަބަދުވެސް ހިތާމައެއް ނުވަތަ މުޞިބާތެއް ކުރިމަތިވުމުން އެކަމާއިމެދު ވިސްނައި ހިތާމަކުރާ ބައެކެވެ. އެގޮތުން މީހާގެ ރަނގަޅުކަމާއި އިޚްލާޞްތެރިކަން އެނގޭ ކަމަށް ވަނީވެސް އެމީހަކު މަރުވުމުންނެވެ. ދުނިޔޭގައި ހުންނައިރު މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ.  

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ލާނެ ނޭވާގެ އަދަދު ކަނޑައަޅުއްވަވައިފައެވެ. އެއަދަދަށް ނޭވާލެވުމުން އެމީހަކު މަރުވާނެއެވެ. އެންމެ ހިނދު ކޮޅަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ. މިއީ ދުނިޔެ ފެށުނީންސުރެ އިންސާނުން ކުރަމުން އަންނަ ތަޖުރިބާއެކެވެ. ނަމަވެސް ޢިބްރަތް ޙާޞިލުކުރެވެނީ ވަރަށް މަދު މީހަކަށެވެ.  

ތިބާގެ ލޯބިވާ މީހަކު ދުނިޔެ ދޫކުރި ޚަބަރު ލިބުމުން ގިނަ މީހުން ފުރަތަމަ ވެސް ފަސާނީ ރޯށެވެ! ނަމަވެސް އެއިގެ ކުރިން ވިސްނައިލަންވީ އެމީހާ ދުނިޔޭގައި ހުރި ދުވަހު އެމީހާއަށް އަޅައިލެވުނު މިންވަރަށެވެ. އެމީހާ އާއި މެދު ބެހެއްޓުނު ގާތް ކަމަށެވެ. ހާލުބެލުނު މިންވަރަށާއި އެހީތެރިވެވުނު މިންވަރަށެވެ.  

ރޯންވީ އޭނާ މަރުވީތީއެއް ނޫނެވެ. ރޯންވީ ލޯބިވާ މީހާ ދުނިޔޭގައި ހުރި ދުވަހު އަމަލުކުރެވުނު ގޮތާއިމެދުގައެވެ. ނަމަވެސް އެ ރުއިމަކީ އެއްވެސް ފައިދާއެއް ކުރާނެ ރުއިމެއް ނޫނެވެ. އެހެންކަމާއިއެކުވެސް އެ ރުއިމަކީ ފައިދާކުރާނެ ރުއިމަކަށް ބަދަލުކޮށްލެވިދާނެއެވެ!  

ތިމާ އެމީހަކަށް ލޯބިދޭން ޖެހޭ މީހުންގެ ލިސްޓް އަވަހަށް ހިތަށް ގެންނާށެވެ! އެއަށްފަހު އެމީހުންނާއިމެދު އަމަލުކުރެވެމުން އަންނަ ގޮތާއިމެދު ވިސްނައިލާށެވެ! އިޞްލާޙްކުރަން ޖެހޭ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ! އެއިރުން އެ ރުއިމަކީ ފައިދާހުރި ރުއިމަކަށް ބަދަލުކޮށްލެވުނީއެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ! ލޯބިވާ މީހަކު މަރުވުމުން ގިނަ ބައަކު އެމީހަކަށް ހެޔޮދުޢާ ކުރަނީ އެންމެ 2،3 ދުވަހު އެވެ. އެހެން ނުހަދާށެވެ! އެމީހާއަށް ހެޔޮދުޢާކުރުން ހުއްޓައިނުލާށެވެ! ވީހައި ގިނައިން ހެޔޮ ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށް ދެއްވެވުން އެދިއެވެ. ނަރަކައިން ސަލާމަތްކޮށް ދެއްވެވުން އެދިއެވެ. އެމީހާގެ ފުރާނައަށް ސުވަރުގޭގެ ރަޙްމަތް ލެއްވެވުން އެދިއެވެ. އެއިގެ އިތުރުން އެމީހަކަށްޓަކައި ޞަދަޤާތްވެސް ކުރާށެވެ! އެފަދަ އަމަލުތަކުގެ ފައިދާ މަރުވި މީހާއަށް ކުރާނެއެވެ!  

އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު