އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގަށް 31 - ޚިދުމަތުގެ ފުރިހަމަކަން މާކުރީގަ!

ދިރާގަށް 31 - ޚިދުމަތުގެ ފުރިހަމަކަން މާކުރީގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

މިއަދަކީ 1 އޮކްޓޯބަރު 1988 ގައި ޙަރަކާތްތެރިވާން ފެށި ރާއްޖޭގެ ޤައުމީ މުވާސަލާތީ ކުންފުނި، ދިރާގުގެ 31 ވަނަ އަހަރީ ދުވަހެވެ. ކުންފުނީގެ އުމުރަށް ބަލައިފިނަމަ ވަރަށް ޒުވާނެވެ. ނަމަވެސް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލައިފިނަމަ ވަރަށް ފުރިހަމައެވެ. 

ދިރާގުގެ ޚިދުމަތް ރާއްޖޭގައި ފަށައިގަތް ދުވަސްވަރަށް ބަލައިފިނަމަ އެއިރު ރާއްޖޭގެ ޙާލަތަކީ އެންމެ ޢާދައިގެ ޚިދުމަތް ލިބޭ ލޭންޑް ލައިނެއް ގެއަށް ވައްދައި ފޯނުގެ ޚިދުމަތް ހޯދަން ވެސް އެތައް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހެއެވެ. ދިރާގު އުފެދުމާއިއެކު ފެނިގެންދިއައީ ފޯނަށް އެދޭތާ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެއަކަށް ފޯނެއް ލައިދިނުމުގެ ބަދަލުގައި ކޮންމެ ކޮޓަރިއަކަށް ފޯނެއް ލައިދޭން ފެށިތަނެވެ. 

އެދުވަސްވަރަކީ އިންޑިއާގައި ހުރެ ރާއްޖެއަށް ފޯނެއް ކުރަން 3 ، 4 ދުވަހު މަސައްކަތްކުރުމުން ވެސް ގުޅޭނެ ގޮތެއް ނުވުމުން މާއައިސް ވާހަކަ ދައްކަން ޖެހިފައި އޮތް ދުވަސްވަރެވެ. އެހެންކަމުން ޚިދުމަތްތައް ތަރައްޤީކުރަން މުއްދަތެއް ނެގި ނަމަވެސް ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ފޯނުލައިދީ އަދި ޢާންމުންނަށް ފަސޭހައިން ފޯނުކުރެވޭނެ ގޮތް ހަމަޖައްސައިދުމަށް ބޫތްވެސް ބަހައްޓައިދީފައެވެ. ބޫތުތަކުގެ ބޭނުން ކެނޑިގެން ދިއައީ ކޮންމެ މީހެއްގެ ޖީބަށް ފޯނެއްލެވި ބޭނުން ކޮންމެ މީހަކަށް މޯބައިލަގެ ޚިދުމަތް ލިބޭނެ އިންތިޒާމް ދިރާގުން ހަމަޖައްސައިދިނުމުންނެވެ.  

ރާއްޖޭގެ މުވާސަލާތަށް މިހާރު ލިބިފައިވާ ބޮޑު ކުރިއެރުމާއިއެކު މިކަންކަން ހަނދާނުގައި ނެތުމަކީ ވަރަށް ގާތްކަމެކެވެ. ޤަބޫލުކުރަން ޖެހޭ ކަމަކީ ސުމަކުން ފަށައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުވާސަލާތީ ޓެކްނޮލޮޖީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ތަޢާރަފްކުރަން ދިރާގުން ވަނީ ވަރަށް ހަލުއި ސްޕީޑްގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިކަމެވެ.

ދިރާގުގެ ތަރައްޤީ އާއި ގުޅުންހުރި ވީޑިއޯ:

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު