އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާއަށް ތިބާ ބުނާ ނުބައިބަސް، ތިބާ ލޯބިވާ ދަރިފުޅު ބުނާނީ ދަރިފުޅު އެންމެ ލޯބިވާ މައިމީހާއަށެވެ! ހޭލުންތެރިވޭ!: މުފްތީ މެންކް

އަނބިމީހާއަށް ތިބާ ބުނާ ނުބައިބަސް، ތިބާ ލޯބިވާ ދަރިފުޅު ބުނާނީ ދަރިފުޅު އެންމެ ލޯބިވާ މައިމީހާއަށެވެ! ހޭލުންތެރިވޭ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ތިބާ، ތިބާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ނުބައި ބަހެއް ބުނެފިނަމަ އެބަސް ތިބާގެ ދަރިފުޅު ބޭނުންކުރާނީ އެކުއްޖާގެ މަންމައަށް ނުވަތަ ބައްޕައަށެވެ. އެ ދަރިފުޅު ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ބައިވެރިޔާއަށެވެ. ތިބާ ނޯކަރަކަށް ނުވަތަ އެނޫންވެސް މީހަކަށް ނުބައި ބަހެއް ބޭނުންކޮށްފިނަމަ ތިބާގެ ސަބަބުން އެބަސް ދަސްވެ، ވާރުތަވަމުން އައި އެންމެން ބުނާ އެ ނުބައި ބަހުގެ ފާފަ ތިބާގެ ބޮލުގައި އެޅޭނެއެވެ. މާނައަކީ ދުނިޔެ ނިމެންދެން އެކަމުގެ ފާފަ ތިބާއަށް ލިބުމުގެ ފުރުޞަތު އެބަ އޮތެވެ. 

ހަމަ އެއާއިއެކު ވިސްނާށެވެ! ނުބައި ބަހެއްގެ އަޑު އިވުމުން ރުޅި އަންނަފަދައިން ހެޔޮ ބަހެއް ބުނުމުން ބަލީގެ ފަރުވާއަކަށް އެބަވެއެވެ. މައްސަލައެއްގެ ޙައްލު ކަމަށްވެގެންވެސް އެބަ ދެއެވެ. ތިބާގެ ސަބަބުން ދަސްވި ހެޔޮ ބަސް އެހެން މީހުން ބޭނުން ކުރުމުން ނުވަތަ ހެޔޮ ބަސް ބުނުމުގެ އާދަ ތިބާގެ ސަބަބުން މީހަކަށް ދަސްވެއްޖެ ނަމަ އެމިހާގެ ކިބައިން އެ ހެޔޮ ބަހާއި ހެޔޮ ބަސް ބުނުމުގެ އާދަ ވާރުތަވަމުން ގޮސް ދުނިޔެ ނިމެންދެން ސަވާބުލިބޭ މީހަކަށްވެސް ތިބާ އެބަވެއެވެ. 

މީސްތަކުންނޭވެ! ދުލަށް ނުވަތަ ދުލުން ބުނާ ބަސްތަކަށް ރައްކައުތެރިވާން އިސްލާމް ދީނުގައި އޮތީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ދުލުގެ ސަބަބުން މީހާ ނަރަކައަށްވެސް އަދި ސުވަރުގެ ވެސް ވަދެވިދާނެއެވެ. 

މީސްތަކުންނޭވެ ދާދިފަހުން މީޑިއާގައި ފާހަގަކުރެވިގެން ދިއަ ކަމެކެވެ. ދަރިވަރަކަށް އޭނާގެ މަންމަ ނުބައި ބަސްތައް ބުނެ އެއްޗެތި ކިޔާތީ ކެތް ނުކުރެވިގެން ކުއްޖާ ދިއައީ އޭނާގެ އެކުވެރިން ގާތު އެކަމުގެ ވާހަކަ ދައްކަމުންނެވެ. ވަކި ހިސާބަކުން ކުއްޖަކު އެ ކުއްޖާ ގާތު ބުނީ ދެން އޭނާގެ މަންމަ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ. ކީއްކުރުމުން ކަމަށް ހެއްޔެވެ؟ އެ ކުއްޖާ އެގެއަށް ގޮސް ކުއްޖާގެ މަންމަ މަރައިލީއެވެ. 

މިހިރީ ދުލުގެ ނުބައިކަން ބޮޑުވުމުން ހިނގަމުންދާ ކަންކަމެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ސިޔާސީ މީހުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ދެއްކޭ ވާހަކައެއްގެ ސަބަބުން ސަޕޯޓަރުން ލޭކެކި، ރުޅިގަދަވެ ބޮޑެތި ޖަރީމާތައް އެބަ ހިންގައެވެ. ބޮޑެތި ފިތުނަތައް އުފެދިގެން އެބަދެއެވެ. އެމީހަކު ބުނި ބަހަކުން އުފެދުނު ފިތުނައެއްގެ ޒިންމާ އުފުލަން ޤިޔާމަތް ދުވަހު އެމީހަކަށް ޖެހޭނެއެވެ. 

ކިތަންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ނަމަވެސް ރިވެތި ބަހުރުވައިން ވާހަކަ ދައްކާށެވެ! ރިވެތި ބަހުން ބުނެ ހާމަކުރާށެވެ! އެއްވެސް އިންސާނަކު ޖަނަވާރުންނާއި އެއްފެންވަރު ނުކުރާށެވެ. އެއީ މުސްލިމުންނަށް ހުއްދަ ކަންކަމެއް ނޫނެވެ. ދުނިޔޭގައި ހިނގާފައި ހުރި ބޮޑެތި ހަނގުރާމަތަކަށް ބެލި ނަމަވެސް މިބުނި ކަންކަން ފެންނާނެއެވެ. ސިޔާސީ މީހުން ދައްކާ ދށުދަރަޖައިގެ ވާހަކަތަކުން އުފެދޭ ފިތުނައިން ކުރަންޖެހިފައިވަނީ ކިތައް ހަނގުރާމަ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުލަށް ރައްކައުތެރިވާށެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް