އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗާބިނުދިނަސް، ބެޓެރި ނުލެއްވިއަސް، ކަރަންޓު ނުދިނަސް ނުހުއްޓޭ، ދެ ދޮރުލީ ގަޑިއެއް ކޮންމެ މީހަކަށް ދެއްވަވަވެއެވެ!: މުފްތީ މެންކް

ޗާބިނުދިނަސް، ބެޓެރި ނުލެއްވިއަސް، ކަރަންޓު ނުދިނަސް ނުހުއްޓޭ، ދެ ދޮރުލީ ގަޑިއެއް ކޮންމެ މީހަކަށް ދެއްވަވަވެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ކޮންމެ ކުއްޖެއްގެ ފުރާނަ އެޅުއްވެވުމާއިއެކު އެކުއްޖާއަށް ޗާބި ނުދިންނަވެސް، ބެޓެރި ނުލެއްވި ނމަވެސް އަދި ކަރަންޓު ނުދިންނަމަވެސް ނުހުއްޓޭ، ދެ ދޮރުލީ ގަޑިއެއް ﷲ ތަޢާލާ  ދެއްވަވަވެއެވެ! އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރި ނަމަވެސް އެ ގަޑި ދާނީ ހަމަ ބަރާބަރަށް ހިނގަމުންނެވެ. ދުވަހަކުވެސް ނުހުއްޓޭނެއެވެ. 

އެގަޑީގައި ދެ ދޮރު އިންނާނެއެވެ. މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރެއްވެވުމުން ފުރަތަމަ ދޮރު ހުޅުވޭނެއެވެ. އެ ހިސާބުން ޖެހޭނީ އެދޮރުން ވަންނާށެވެ! ނުވަންނަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އެހިސާބުން ވެސް ގަޑި ދާނީ ހަމަ ބަރާބަރަށް ހިނގަމުންނެވެ. ކައްވަޅުގައި އޮންނައިރުވެސް މެއެވެ. 

އެގަޑީގެ ދެވަނަ ދޮރު ހުޅުވޭނީ އިސްރާފީލްގެފާނު ޤިޔާމަތް ވުމުގެ ތާޅަފިލި ފުމެލެއްވެވުމުންނެވެ. އެހިސާބުން ދެން ޖެހޭނީ އެ ދޮރުން ވަންނާށެވެ! އެދޮރުން ވަނުމުން ދެވޭނީ މަޙްޝަރު މައިދާނަށެވެ. މަޙްޝަރު މައިދާނުން ކޮންމެ މީހަކަށްވެސް ޖެހޭނީ ނަރަކައަށް ނުވަތަ ސުވަރުގެއަށް ވަންނާށެވެ! ކޮންމެ ތަނަކަށް ވަންނަން ޖެހުނު ނަމަވެސް ގަޑި ދާނީ ހަމަ ނުހުއްޓި ހިނގަމުންނެވެ. 

މިސްތަކުންނޭވެ! ބުނެދޭން މަސައްކަތް މިކުރީ އިންސާނާގެ ފުރާނަ އެޅުއްވެވީންސުރެ އެމީހާގެ ވަގުތުތައް އެވަނީ ފެށިފައިކަމެވެ. ބާލިޣްވުމުން އެވަނީ ޒިންމާ އުފުލަން ޖެހިފައި ކަމެވެ. ހަމަ އެކަނި ނުއެނގޭނީ ކުރިން މިބުނި ދެ ދޮރުން ވަންނަން ޖެހޭނެ ވަގުތުކަމެވެ. ގަޑި ނުހުއްޓި ހިނގަމުން ދިއަ ނަމަވެސް އެ ދެ ދޮރުން ކުރެ އެއްވެސް ދޮރަކުން ތިމާއަށް ވަންނަން ޖެހޭނެ ވަގުތެއް ނުއެނގޭނެއެވެ. 

އަބަދުވެސް ބުނާފަދައިން ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނާ މީހުންނެވެ. ބައެއް މީހުންނަށް ގިނައިން އުޅެނީ ޤިޔާމަތް ދުވަހުގެ ކަންކަމަށް ތައްޔާރުވާށެވެ! އެދުވަހުގެ ކަންކަން އޮޅުން ފިލުވާށެވެ! އެއީވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ މަރަށް ތައްޔާރުވުމެވެ. އެހެނީ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ މަރަށް ތައްޔާރުވުން ކަމުގައިވާތީއެވެ. މަރަށް ތައްޔާރުނުވެވުނު މީހާއަށް އެވަނީ ޤިޔާމަތް ދުވަހަށް ތައްޔާރު ނުވެވިއެވެ. އެހެނީ މަރުވުމުން ޤިޔާމަތް ދުވަހަށް ތައްޔާރުވާން އިތުރަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެތީއެވެ. 

ވީމާ ތަފާތު ގޮތަކަށް ނަމަވެސް މި ދެއްކީ އެންމެ ކުޑައިރުންސުރެ މަރާއިމެދު ވިސްނައި ބާލިޣްވީންސުރެ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމާއިމެދު ހޭލުންތެރިވެ ހުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް