އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު ޒިނޭކުރާ މީހުން އެކުރަނީ ހިތަށްވެސް ނުގެނެވޭފަދަ ނުބައި، ބިރުހުރި އަމަލެކެވެ!: މުފްތީ މެންކު

ކައިވެންޏަށްފަހު ޒިނޭކުރާ މީހުން އެކުރަނީ ހިތަށްވެސް ނުގެނެވޭފަދަ ނުބައި، ބިރުހުރި އަމަލެކެވެ!: މުފްތީ މެންކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

...އަހަރެން މިދައްކަނީ އަންހެނުން ނުވަތަ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުންގެ ވާހަކައެވެ. އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ކައިވެންޏަށްފަހު ޒިނޭކުރާ މީހުންގެ ވާހަކައެވެ. މިބުނަނީ ކަން އޮތް ގޮތެވެ. އެފަދަ މީހުން މުޖުތަމައުގައި ގެންގުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މުޖުތަމައުތައް ސަލާމަތްކުރެވޭނީ އެފަދަ މީހުންގެ ކިބައިން މުޖުތަމައުތައް ސަލާމަތް ކުރެވިގެންނެވެ. 

ކައިވެންޏަށްފަހު ބައިވެރިޔާއަށްވުރެ ރިތި މީހަކު ފެނިދާނެއެވެ. ނަމަވެސް ކައިވެންޏަށް ފަހު ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާއަކީ އެކަނި މީހެއް ނޫން ކަމަށެވެ. އެހެން މީހެއްގެ ޙައްޤެއް ތިމާގެ ނަފުސުގެ މައްޗަށް އެބައޮތް ކަމަށެވެ. އެ ޙައްޤަށް ތިމާ ތެދުވެރިވެ އިޚްލާޞްތެރިވާން ޖެހޭނެ ކަމެވެ. 

މީސްތަކުންނޭވެ! ޒިނޭކުރަން ފަށައިފިނަމަ އެންމެ ބޮޑަށް ކުރިމަތިވާނެ އެއް މައްސަލައަކީ މަތިން ފޫހިވާން ފެށުމެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަން މެދުވެރިވުމުން ދެމީހުން އެކުގައި ދިރިއުޅުނު ނަމަވެސް އެއްދާން ނުކޮށް އެތައް ދުވަހެއް އެބަ ވޭތިކުރެއެވެ. އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް ލިބެމުންދާނެ އަނިޔާ އާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު އެކަމުގެ ބަދަލު ދެވޭނެ ހެއްޔެވެ؟ އެއީ އެހެން މީހެއްގެ ޙައްޤެއް އެކުލެވޭ ކަމަކަށްވާތީ އެކަމުގެ ފާފަ ﷲ ތައާލާ ފުއްސަވައެއް ނުދެއްވަވާނެތެވެ! ޖެހޭނީ ޙައްޤު އަދާކުރާށެވެ! މާނައަކީ ބަދަލުދޭށެވެ! 

މީސްތަކުންނޭވެ! ތިމާގެ އަމިއްލަ ދިރިއުޅުން ނަގައިލުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިބާއަށް ލިބުނު ބައިވެރިޔާ އާއިއެކުގައި އިޚްލާޞްތެރިކަމާއިއެކު ދިރިއުޅެން ގަދައަޅައި މަސައްކަތްކުރާށެވެ! ފެންނަ ރީތި ކޮންމެ އެއްޗަކީ ތިމާއަށް ފައިދާހުރި ނުވަތަ ފައިދާކުރާނެ އެއްޗަކަށް ނުވެދާނެއެވެ. ރިވެތި ދިރިއުޅުމެއް އުޅުމަކީ ކުރެވޭނެ އެންމެ މުހިންމު އެއް އަޅުކަމެވެ. ވީމާ ތިމާއަކީ ތިމާގެ ރިވެތި ދިރިއުޅުމުގެ ސަބަބުން ސުވަރުގެ ވަދެވޭނެ މީހެއް ކަމުގައިވުމަށް މަސައްކަތްކުރާށެވެ! ދެ ދުނިޔެ ކާމިޔާބު ކުރެވޭނީ އެއިރުންނެވެ. 

ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފައެވެ. ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ޒިނޭކުރުމުން ފާފައިގެ ބޮޑުކަން އިތުރުވެގެންދެއެވެ. ޒިނޭ އަށް ބާވައިލެއްވެވި ޙައްދުން މިކަން އެނގިގެންދާނެއެވެ. 

މިކުރު ވާހަކަކޮޅު ތިއަބައިމީހުންގެ ޢާއިލާގެ މީހުންނަށާއި އެކުވެރި ރަހްމަތްތެރިންނަށްވެސް ފޯރުކޮށްދޭށެވެ! އެހެނީ މިއީ މިއަދު މުޖުތަމައުގައި އަށަގެންފައިވާ އެންމެ ނުބައިކަން ބޮޑު އެއް ވަބާއެވެ! މިވަބާއިން އެމީހެއްގެ ޢާއިލާ އާއި ގާތް މީހުން އަދި ޢާންމުކޮށް އެންމެން ސަލާމަތްކުރަން ގަދައަލައި މަސައްކަތްކޮށްދޭށެވެ!

 

- -މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް