އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ލިބުމަށާ ﷲ ތަޢާލާ ދެކެން ބޭނުންވާ މީހުންނަށް ފިލާވަޅެއް!

ސުވަރުގެ ލިބުމަށާ ﷲ ތަޢާލާ ދެކެން ބޭނުންވާ މީހުންނަށް ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މަދީނާއަށް ކުރި ދަތުރެއްގައި މަދީނާއިން ބޭރު ރަށަކަށް ދިއުމަށްޓަކައި އިމާމް އަކާއިއެކު ދަތުރެއް ކުރީމެވެ. ކާރު ދުއްވެވީވެސް އިމާމް އެވެ. 130 ކިލޯ މީޓަރު ބާރުމިނުގައި ދުއްވަމުން ކުއްލިއަކަށް ކާރު މަޑުކުރައްވައި ކާރުން އިމާމް ފައިބައި ވަޑައިގަތެވެ. ކުޑައިރުކޮޅަކު މަގުމަތީގައި އުޅުއްވުމަށްފަހު ކާރައް އަރާވަޑައިގެން ދުއްވަވާ ލެއްވުމުން ކުއްލިއަކަށް ކާރުން ފައިބައިވަޑައިގެން ކުރެއްވި ކަމަކާއިމެދު ސުވާލުކުރުމުން އިމާމް ވިދާޅުވިއެވެ. 

"ދުނިޔެއަށް އިންސާނާ ފޮނުއްވެވުމުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ސުވަރުގެއިން ﷲ ތައާލާ ފެނުމުގެ ނަޞީބު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެ ނަޞީބު ލިބިގަނެވޭނީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެންނެވެ. ލިބެން އޮތް އެއްވެސް ފުރުޞަތެއް ދޫކޮށްނުލައި މަސައްކަތްކޮށްގެންނެވެ. 

އަހަރެންނަށް ފެނުނީ މަގުމަތީގައި އޮތް ބިއްލޫރި ފުޅިއެކެވެ. އަހަރެން އެފުޅި ނަގައި އެއިން މަގު ސަލާމަތްކުރީއެވެ. އެފުޅި މަގުމަތީގައި އޮވެ އަވީގެ ހޫނުން ގޮވި ނަމަ ގެއްލުން ލިބޭނީ ކިތައް މީހުންނަށް ކަމެއް ނުއެނގެއެވެ. ފުޅި ނުފެނި އައިސް ކާރަކަށް އެރިއްޖެނަމަ ފުރޮޅު ކައްސައިލުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ހަމަ އެއާއިއެކު މަގުމަތީގައި ހުންނަ އެހެން މީހުންނަސް އުނދަގޫވާނެ ތަކެތި އެއްކައިރިކުރުމަކީ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

މިގަދަ އަވީގައި އަހަރެން މިކުރި ކަންތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ. ވީމާ އެއީ ކުޑަ ކަމެއް ކަމަށް ނުދެކި އަހަރެން މިކުރީ އެކަމުގެ ސަބަބުންވެސް އަހަރެންގެ ހެޔޮކަން ގިނަވެ ސުވަރުގެ ވަދެވި ﷲ ތަޢާލާ ދުށުމަށް ހިތުގައި އޮތް ދަހިވެތިކަން ބޮޑުކަމުގެ ބޮޑުކަމުންނެވެ." 

އިމާމްގެ ވާހަކަފުޅުން ވަރަށް ބޮޑު ފިލާވަޅެއް ލިބުނެވެ. އީމާންކަން އަދިވެސް ފުރިހަމަ ނުވާކަމަށް އަމިއްލައަށް ޤަބޫލުކުރެވުނެވެ. އަދި އިމާމް ފަދަ މީހަކަށް ވުމަށް ގަދަ އަޅައި ަމސައްކަތްކުރަން ޢަޒުމް ކަނޑައެޅީމެވެ.

 

- "މަރސިފުލް ސަރވަންޓް"ގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް