އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފް "ފުޓްސަލް ޗެލެންޖު ދެހާސްނަވާރަ" ގެ ޗެމްޕިއަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސް ހޯދައިފި

އެމްއެންޑީއެފް "ފުޓްސަލް ޗެލެންޖު ދެހާސްނަވާރަ" ގެ ޗެމްޕިއަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުޅުނު އެމްއެންޑީއެފް ފުޓްސަލް ޗެލެންޖު 2019 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަވަނަ ފަހަރަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) ހޯދައިފިއެވެ.

މުބާރާތް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރރަޕް ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.


މި މުބާރާތުގެ ޗެމްޕިއަންކަން އެފްއާރުއެސްއިން ހޯދާފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒް އާއި ބައްދަލުކޮށް 3-2 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، އެފްއާރުއެސްގެ ޖަރޒީ ނަމްބަރު 10 ސާޖަންޓް ޝައުކަތު އަމީނެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި، މުބާރާތް ރާވާ އިންތިޒާމްކުރި ފަރާތްތަކުގެ އިތުރުން، ދިވެހި ސިފައިންގެ ކުލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

 

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަޅުތުއްކަލާކޮށީގައި ކުރިއަށްދިޔަ މި މުބާރާތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ޖުމުލަ 22 ޓީމެއް ވާދަކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ