އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 20 ސިކުންތު
ﷲ ތަޢާލާ އަށާއި ރަސޫލާ (ޞޢވ) އަށާއި އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ރަސޫލް (ޞޢވ) ގެ ޒަމާނުގައި އެކަން ކުރުމުން އެކަން ކުރި މީހުންނާއިމެދު ވަނީ ވަގުތުން ވަޙީ ބާވައިލައްވަވައިފައެވެ.
މުނާފިޤުން ބުނެ އުޅުނު ބަސްތަކާއި ގުޅިގެން ރަސޫލް (ޞޢވ) ސުވާލު ކުރެއްވެވުމުން ދޭނެ ޖަވާބުވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ."
ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އާއި އެމްޑީއެންގެ ސަޕޯޓަރުންނާއި އެކުދިންކޮޅު ޙިމާޔަތްކުރާ މީހުން ބުނަނީ "ތިމަންމެން ނުވަތަ އެކުދިންކޮޅު ނެރުނީ ދިރާސާ ރިޕޯޓެއް" ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރީ ރިޕޯޓުގައި މަދީ ހަމަ އެކަނި ރަސޫލް (ޞޢވ) އަށް ޞަލަވާތްފުޅު ކަމަށެވެ. ރިޕޯޓް ހަމަ ބަރާބަރު ކަމަށެވެ.
އިމާމް އިސްމާޢީލް މުފްތީ މެންކް ވިދާޅުވެފައިވަނީ ﷲ ތަޢާލާ އަށާއި ރަސޫލާ (ޞޢވ) އަށާ އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއިން ކަމެއް ކޮށްފިނަމަ އެމީހަކަށް މިދުނިޔެއާއި އާޚިރަތުގައިވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމަށެވެ.
މުފްތީ މެންކް ވިދާޅުވީ އެކަމަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަންކަމަށާއި ﷲ ތައާލާގެ ވަޙީއަށް އަދި ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ސަމާސައަށްވެސް ކުރަން ބިރުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މެސެޖެއް އެއްޗެއް ފޯނަށް ލިބުނު ނަމަވެސް ތައުބާ ސޫރަތުގެ 65 ވަނަ އާޔަތާއި 66 ވަނަ އާޔަތް އެމީހަކަށް ފޮނުވަންވާނެ ކަމަށެވެ.
"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ތިއަ މަލާމާތްކޮށް އުޅުނީ، ﷲ އާއި، އެކަލާނގެ އާޔަތް ތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟" (ތައުބާ: 65)
"ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރް ވެފައިކަން ކަށަވަރެވެ. ތިއަބައިމީހުންގެ ތެރެއިން ބައަކަށް ތިމަންރަސްކަލާނގެ ޢަފޫ ކުރެއްވިޔަސް، އަނެއްބައަކަށް ތިމަންރަސްކަލާނގެ ޢަޛާބް ދެއްވަވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބައަކު ކަމުގައި ވީކަމަށްޓަކައެވެ." (ތައުބާ: 66)
ފުލުހުންނަށް އެމްޑީއެންގެ ރިޕޯޓް ދިރާސާ ކޮށްދެއްވާ 3 ޝައިޚުންނަށްވެސް ދަންނަވައިލަން އޮތީ މިފަދަ ބޮޑު ޖަރީމާއެއްގެ މައްސަލައިގައި ތިއަ ލިޔުއްވާ ރިޕޯޓް ލިޔުއްވާއިރު ﷲ ތަޢާލާގެ ޙައްޤުފުޅުތައް ވީހައި ފުރިހަމައަށް އަދާކޮށްދެއްވެވުން އެދި އާދޭސް ދަންނަވާ ކަމަށެވެ. ދީނީ ގޮތުން އެކަމުގެ މުހިންމުކަން ތިއަ 3 ބޭފުޅުންނަށް ފުރިހަމައަށް އެނގިވަޑައިގެން ތިއްބެވިއިރު ﷲ ތަޢާލާ ދެއްވެވި ޢިލްމަށް ތެދުވެރިވެވަޑައިގެން ދެއްވުން އެދި ފަށްފަށުން އާދޭސް ދަންނަވާ ކަމަށެވެ.
ﷲ ތަޢާލާ އަށާއި ރަސޫލާ (ޞޢވ) އަށާއި އެކަލާނގެ ބާވައިލެއްވި އާޔަތްތަކަށް ފުރައްސާރަ ކުރުމާއި ހަޖޫ ޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫންކަން ބަޔާންކުރައްވައި ރާއްޖޭގެ ޢިލްމުވެރިން ބަސްފުޅު ވިދާޅުވުމުން އެ ޢިލްމުވެރިންނަށް މަލާމާތާއި ފުރައްސާރަކުރާ މީހުން ޚަބަރުގައިވާ ލިންކުން މުފްތީ މެންކުގެ ބަސްފުޅު އަޑު އަހައިލުން ރަނގަޅެވެ. އެންމެ 3 މިނިޓުން އަޑު އައްސަވައިލެއްވޭނެއެވެ.
މުފްތީ މެންކުގެ ދަރުސް:
Advertisement
30 އޮކްޓޯބަރ 2019