އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު
ކުރާ މަސައްކަތްތައް ފޭލްވާނަމަ ފުރަތަމަ ކަމަކަށް ތިމާގެ އަމަލުތައް ދެނެގަންނާށެވެ! ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނާށެވެ! ތިމާ ކުރާ ކަންކަމުގެ ތެރެއިން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކުރެވެނީ ކިހައި މިންވަރަކަށްކަން ދެނެގަންނާށެވެ!
ބަހަނާތައް ނުދައްކައި ތެދުވެރިކަމާއިއެކު ތިމާއަށް ކަންކަން ކުރެވޭ ގޮތް ދިރާސާ ކުރެވިއްޖެ ނަމަ ސަބަބުތައް ފެންނާނެއެވެ.
ވިސްނާށެވެ! ޢަމަލުކުރަން ޖެހޭ ފުރަތަމަ ޤާނޫނަކީ ޤައުމުގެ ޤާނޫނު އަސާސީއެއް ނޫނެވެ! އިލާހީ ޤާނޫނުތަކެވެ. ކީރިތި ޤުރްއާނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޤާނޫނުތަކަށް އަމަލު ނުކޮށް ޤައުމުގެ ޤާނޫނުތަކަށް އަމަލުކުރުމަކުން ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރާނެ އެއްވެސް މަންފާއެއް ނެތެވެ.
އެމީހެއްގެ އަމަލުތައް ދިރާސާކުރަންވީ އެމީހެކެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އެކަންކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. ފުރުޞަތު ގެއްލިގެންދާނީ މަރުގެ މަލާއިކަތާ ލޮލަށް ފެންނަވަގުތުން ފެށިގެންނެވެ.
ވީމާ ކޮންމެ މީހަކީވެސް އެމީހެއްގެ އަމަލުތައް އަމިއްލައަށް ހިސާބުކުރާ މީހަކަށްވާށެވެ! ކުށަށް އިޢްތިރާފްވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އާދަމްގެފާނާއި ޔޫނުސްގެފާނު ދެންނެވި ފަދައިން ދަންނަވާށެވެ!
އާދަމްގެފާނު ދެންނެވީ މިފަދައިންނެވެ.:
"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް: 23)
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
4 ނޮވެމްބަރ 2019