އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާފު ޤާއިމު ނުކުރެވޭނަމަ ރައްޔިތުން ބަސް ބުނާނެ! އެއީ ދީނީ ގޮތުން ހަރުކަށި ފިކުރު އިތުރުވުމެއް ނޫން!

އިންސާފު ޤާއިމު ނުކުރެވޭނަމަ ރައްޔިތުން ބަސް ބުނާނެ! އެއީ ދީނީ ގޮތުން ހަރުކަށި ފިކުރު އިތުރުވުމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

"އަޅުގަނޑަށް މާލެއިން ލިބިފައި އޮތް ތަންކޮޅެއް ވެށިފެހި ޕްރޮގްރާމްގެތެރެއިން އަޅުގަނޑު ދޫކޮށްލީމެވެ. ބަދަލުގައި ހުޅުމާލެއިން ބިމެއް ވެސް ވަނީ ލިބިފައެވެ. 

ރައީސް ޔާމީނުގެ ސަރުކާރުގައި އެގޮތަށް ދޫކޮށްލި ބިންކޮޅުތައް ވިއްކަން ނިންމުމުން އެކަމަށް ކުރިމަތިލައި އަޅުގަނޑުގެ ދަރިފުޅު ވަނީ އެކަން ކާމިޔާބުކޮށްފައެވެ. މީރާއަށް ޤަވާއިދުން ފައިސާ ދައްކަމުން ދަނިކޮށް ލިބުނީ ހައުސިންގ މިނިސްޓްރީގެ ސިޓީއެކެވެ. އެސިޓީގައި އޮތީ ޝަކުވާއެއް ހުށަހެލިފައިވާތީ ފައިސާ ދެއްކުން މަދުޖައްސައިލުމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ލަފައަކަށް އެދޭނެ ކަމަށާއި ލަފާ ލިބުމުން ލިބުނު ލަފައެއް އަންގާނެ ކަމަށެވެ. 

ހުށަހެޅުނީ ކޮން ބާވަތެއްގެ ޝަކުވާއެއް ކަމެއް ވެސް ނުބުންޏެވެ. ޝަކުވާ ހުށަހެޅީ ކާކު ކަމެއްވެސް ނުބުންޏެވެ. ސާފުކުރަން ލީ ސިޓީއަށް ޖަވާބެއް ނުލިބި މިހާރު 2 މަސްވެގެންދިއައީއެވެ. ދެން އަޅު ހަދާނީ ކިހިނެއް ހެއްޔެވެ؟"

މިއީ މިއަދުނޫހަށް ރޭ މީހަކު ދިން މައުލޫމާތެކެވެ. 

މި މައްސަލަ ކުރިމަތިވެފައި ވަނީ ފަރުޟު 5 ނަމާދުކުރާ މީހަކަށެވެ. ދެން މިކަމާ ރުޅިގަދަވެގެން ބަހެއް ބުނެފިނަމަ އޭނާ ވާނީ ހަރުކަށި ފިކުރުގެ މީހަކަށްތޯއެވެ؟ ނޫނީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ހުރި މީހަކަށްތޯއެވެ؟ 

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެންވެސް ކަންކަން ވަމުން މިދަނީ ހަމަ މިފަދަ ގޮތަކަށެވެ. ކުރި ކުށާއި ކުށް ކުރިކަން އެއޮތީ ފުލުހުން އެއޮތީ ހާމަކޮށްފައެވެ. އިންޞާފު ނުލިބި ލަސްވާތީ މީހަކު ބަހެއް ބުނެފިނަމަ އެމީހަކު އެއީ ހަރުކަށި ފިކުރުގެ މީހަކަށް ހަދައި އަދަބު ދިނުމުން އިންޞާފު ޤާއިމުކުރެވުނު ކަމަށްވާނެތޯއެވެ؟ 

ޤައުމެއްގައި ޞުލްޙަމަސްލަހަތާއި އަމާންކަން ދެމިއޮތުމަށް އެންމެ މުހިންމީ އަދު އިންޞާފު ޤާއިމުކުރުން ކަމަށްވާއިރު އެކަމަށް ކުރާ ފުރަތަމަ މަސައްކަތަކީ އަދުލު އިންޞާފު ޤާއިމުކުރުން ކަމަށް ނުހަދައި ކޮންމެ ކަމެއް އިސްލާމް ދީނާއި ގުޅުވައި ދީން ކަތިލަން މިކުރާ މަސައްކަތްތައް ހުއްތާލަން ނުޖެހޭތޯއެވެ؟ 

ރާއްޖޭގެ ޤާނޫނު އަސާސީ ހަމަހަމަކަމާއިއެކު އެންމެންގެ މައްޗަށް ތަންފީޒުކުރަން ފަށާނީ އެކަން ކުރާނެ ކަމަށް ކިތައް ސަރުކާރުން ކިތައް އަހަރު ބުނުމަށްފަހުގައިތޯވެސް ސުވާލުކޮށްލަން އެބަ ޖެހެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް