އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ އަދި ޕާކިސްތާނުން ތަމްރީނާއި އުނގެނުމުގެ ފުރުޞަތުތައް އާންމުކޮށް ހުޅުވާލައިފި

އިންޑިއާ އަދި ޕާކިސްތާނުން ތަމްރީނާއި އުނގެނުމުގެ ފުރުޞަތުތައް އާންމުކޮށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އިންޑިއާ އަދި ޕާކިސްތާނުން ތަމްރީނާއި އުނގެނުމުގެ ފުރުޞަތުތައް އާންމުކޮށް ހުޅުވާލައިފިއެވެ.

މީގެތެރެއިން އިންޑިއާއިން ހުޅުވާލާފައިވަނީ އިންޑިއަން ނޭވަލް އެކަޑަމީގައި، 2019 ޑިސެމްބަރ 28 އިން 2022 އެޕްރީލް 16 ވަނަ ދުވަހަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "Comprehensive Training" އަށެވެ. ދެ ޖާގަ ހުޅުވާލާފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް 3 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާއި، އަދި  28 ޑިސެމްބަރ 2019 ގެ ނިޔަލަށް 27 އަހަރު ނުފުރޭ މީހެއްކަމުގައިވާން ޖެހެއެވެ.

ޕާކިސްތާނުން ހުޅުވާލާފައިވަނީ، ޕާކިސްތާން ނޭވަލް އެކަޑަމީގައި، 2019 ޑިސެމްބަރ 29 އިން 2021 ޑިސެމްބަރ 24 ވަނަ ދުވަހަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "Naval Cadet Training" އަށެވެ. އެއް ޖާގައަށް ހުޅުވާލާގައިވާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް 03 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) އާއި، 29 ޑިސެމްބަރ 2019 އަށް 22 އަހަރު ނުފުރޭ މީހެއް ކަމުގައިވުމުގެ އިތުރުން ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައި ވާން ޖެހެއެވެ.

މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެފަރާތެއްގެ ތަޢުލީމީ ސެޓްފިކެޓްތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލާއި، މި ސްކޮލަރޝިޕްގެ ދަށުން ތައުލީމް ހާސިލްކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޚިދުމަތްކުރަން އެއްބަސްވާކަމަށް ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށައަޅަން ޖެހެއެވެ. އަދި ހުށައަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

މި ދެ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2019 ނޮވެމްބަރ 25 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް (ބަންޑާރަ ކޮށި) އަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށަހަޅަން ހާޟިރުވެ، 9871235 ނަންބަރަށް ގުޅުއްވުމަށް ވެސް އެދެމެވެ. ކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފްގެ ވެބްސައިޓް (https://mndf.gov.mv/mndf/downloads) އިން ޑައުންލޯޑު ކުރެވޭނެއެވެ. ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322607 (އެކްސްޓެންޝަން: 3156 / 3563)، ނުވަތަ 9871235 އަށް ގުޅުއްވުން އެދެމެވެ.

ކޯހަށް ހޮވިލައްވާ ފަރާތްތައް އެމްއެންޑީއެފްގެ ވަޒީފާއަށް ވެއްދޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ