އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުންގައި ހިތާނީ ކޭމްޕް ފަށައިފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުންގައި ހިތާނީ ކޭމްޕް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުންގައި ހިތާނީ ކޭމްޕަށް ފަށައިފިއެވެ.


ސިފައިންގެ ޢާއިލާތަކާއި އާންމުންނަށް އަމާޒުކޮށްގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިޔެއް ހަވީރު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނު، ހިތާނީ ކޭމްޕަށް މި ކުރެއްވި ޒިޔާރަތުގައި ހިތާނު ކޮށްފައިވާ ކުދިންނާ ވަނީ ބައްދަލުކުރައްވާ ހާލު އޮޅުންފިލުއްވާފައެވެ. އަދި ހިތާނީ ކޭމްޕްގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވެއެވެ.

ސިފައިންގެ ޢާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން މިމަހު 24 ން ފެށިގެން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ކުރިއަށް ގެންދާ ހިތާނީ ކޭމްޕުގައި 40 ކުދިން ހިތާނު ކުރުމަށް ވަނީ ހަމަޖެހިފަވެއެވެ. އެގޮތުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ދުވާލަކު 4 ކުދިން ހިތާނު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަވެއެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ހޮސްޕިޓަލްގެ ނަންބަރު

 301-9899 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ