އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރަން އެންމެ ފަސޭހަ، އެންމެ ފައިދާހުރި ޛިކުރުގެ މަތިން މިވަނީ ހަނދުމަ ނެތިކޮށްލެވިފައެވެ!

ކުރަން އެންމެ ފަސޭހަ، އެންމެ ފައިދާހުރި ޛިކުރުގެ މަތިން މިވަނީ ހަނދުމަ ނެތިކޮށްލެވިފައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 24 ސިކުންތު

ކުރަން އެންމެ ފަސޭހަ އަދި ކިތަންމެ ފަސޭހަ ނަމަވެސްއެންމެ ފައިދާހުރި ޛިކުރުގެމަތިން މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް ހަނދުމަ ނެތިވެފައެވެ. ނުވަތަ ހަނދުމަ ނެތިކޮށްލެވިފައެވެ. އެހެންކަމުން މީސްތަކުން އަބަދުވެސް މަސައްކަތްކުރަނީ އެންމެ މަތިވެރި ޛިކުރު ހޯދުމަށެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި ޛިކުރަކީ لَا إِلٰهَ إِلَّا اللّٰهُ އެވެ. އަހަރެމެންގެ އީމާންކަން ބިނާވެފައިވަނީ މިކަލިމަ މަތީގައެވެ! އެކަން އިތުރަށް ޔަޤީންވެގެންދަނީ ﷲ ތަޢާލާ މޫސާގެފާނަށް އެފަދައިން ވަޙީކުރައްވަވާފައި އޮތުމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ އަގުހުރި ކަލިމަ އަކީ އެއީއެވެ. އެއީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކާއި އަދި އުޑުތަކާއި އުޑުތަކުގައި ވާހައި އެއްޗަކަށްވުރެ އަގު ބޮޑު ކަލިމައެކެވެ.

އަހަރެމެންނާއި އެންމެ ރައްޓެހި އަދި ދޫމައްޗަށް އެންމެ ފަސޭހަ ކަލިމައަކީވެސް އެއީއެވެ. ވީމާ ގިނަގިނައިން لَا إِلٰهَ إِلَّا اللّٰهُ ކިޔާށެވެ! ހަމަ އެއާއިއެކު ފައިދާހުރި އެހެން ކަލިމަތައްވެސް ކިޔާށެވެ! އެކަމަށް ރަސޫލް (ޞޢވ) ވަނީ އިރުޝާދު ދެއްވަވައިފައެވެ.

ދޫމައްޗަށް އެހައިމެ ފަސޭހަ މިޒާނުގައި އެހައިމެ ބުރަ މިފަދަ ކަލިމަތަކެއް އަހަރެމެންނަށް ޞަޙީޙް ޙަދީޘްފުޅުތަކުން އެނގެން އޮތް އިރު އަވަސްވެގެންންވީ ފުރުޞަތުގެ ބޭނުން ހިފުމަށެވެ! އެއްވެސް ފައިދާއެއް ނެތްކަންކަމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ޤިޔާމަތް ދުވަހުގެ މީޒާނަށް ހެޔޮ ޢަމަލުތައް ގިނަކޮށް ބުރަކުރެވޭނެ ގޮތް ހެދުމަށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް