އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންހައްޔަރުކުރަން ދައުލަތުން ޚަރަދުކުރާތީ ރައީސް ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފައުޅު ކުރައްވަފިއެވެ.
ކައުންސިލަރުންނަށް ކުރިއަށް ގެންދާ މަހާސިންތާގެ ތެރެއިން މިއަދު ބޭއްވި ސެޝަނެއްގައި ރައީސް ރަޝީދު ވަނީ ބަނގުރާ ބޯ މީހުން ހައްޔަރުކުރަން ކިހައި ހޭދައެއް ކުރަންތޯ ފުލުހުންނާއި ސުވާލުކުރައްވައިފައެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝްނެއް ހިންގަން އުޅުނު ބައަކު އަތުލައިގަތުމަށް މަހިބަދޫ ގައި ތިބޭ ފުލުހުންނާއި މާމިގިލިގައި ތިބޭ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނާއިމެދު ހަމަ މިފަދަ މޭރުމަކުން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އެ އޮޕަރޭޝަން ހިންގަން ފުލުހުން ކުރި ހޭދައަށް ވަނީ ކޯފާވާ މޭރުމަކުން ފާޑުވިދާޅުވެފައެވެ.
ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން ޢާންމުވެގެން ދިއުމަކީ ޖިނާޢީ ކުށް ކުރަން މަގުފަހިވާ ދޮރެއްކަން ފުލުހުން ދަނީ ފާހަގަކުރަމުންނެވެ. އަދި މީހުން މަރަން ހިންގާ ކަންކަން ކުރަނީ ބަނގުރާ ބޮއިގެން ތިބެކަން ވެސް ފުލުހުން ވަނީ ޕްރެސް ކޮންފަރެންސްތަކުގައި ފާހަގަކޮށްފައެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި ޙައްދު ކެނޑިއެޅިފައިވާ ކުށެއް ހުއްދަކުރަން ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވަމުންގެންދަވާ ސަބަބާއިމެދު ސުވާލު އުފެދެއެވެ. ތޮއްޑޫގައި ދެއްކެވި ވާހަކަފުޅެއްގައި ބަނގުރަލުގެ ވިޔަފާރިން ލިބޭ ނަފާގެ ބޮޑުކަން ހާމަކުރެއްވިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ތޮއްޑޫ ގެސްޓް ހައުސްއަކުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައެވެ.
Advertisement
16 ޑިސެމްބަރ 2019