އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ޑާޓާ ބޭސްގައި ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ހިމެނުން މުހިންމު: ކާނަލް ނާޒިމް

ޤައުމީ ޑާޓާ ބޭސްގައި ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ހިމެނުން މުހިންމު: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޤައުމީ ޑާޓާ ބޭސްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ހިމެނުން މުހިންމުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، ދަނގެތި ދާއިރާގެ މެންބަރު ކާނަލް (ރިޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

ނާޒިމް ވިދާޅުވެފައިވަނީ ޤައުމީ ޑާޓާ ބޭސްގައި އެ މައުލޫމާތު ހިމެނުމުން ރައްޔިތުންގެ ރައްކައުތެރިކަން އިތުރުވެގެން ދާނެކަމަށެވެ. 

ނާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ކަރުފުޅުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުހުން މެދުވެރިކޮށް "އެޅުވި" ފިސްތޯލަ އިން ފެނިފައިވާ ޑީއެންއޭތަކުގެ ތެރެއިން 2 މީހެއްގެ ޑީއެންއޭއަކީ ކޮންބައެއްގެ ޑީއެންއޭކަން އަދިވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކުރީ އަދީބުގެ ނަމެވެ. 

މީގެ އިތުރުން ދާދިފަހުން ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ މަރައިލި ޤާސިމަށް ހަމަލާ ދޭން ބޭނުންކުރި ތަކެތިންވެސް ފިންގރޕްރިންޓާއި ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން މިއަދު މީހަކުވަނީ ހައްޔަރު ކޮށްފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް