އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއާރްއެމްގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އެމްއާރްއެމްގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެފުރުސަތު އެޕާޓިން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އެމްއާރްއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރަން ބޭނުންވާނަމަ، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަ ކުރަން އެެދޭ ކައުންސިލްގެ ނަން ޖެއްސެވުމަށް ފަހު އަންނަ މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ ޕާޓީއާއި ހިއްސާ ކުރުމަށެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7563664 ނަންބަރަށް ގުޅުމުން، މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު