އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަޅިނދު" ގެ ބިރުވެރިކަން ފެށެނީ! ޝޫޓިން މިމަހު ފަނަރައިގަ!

"ބަޅިނދު" ގެ ބިރުވެރިކަން ފެށެނީ! ޝޫޓިން މިމަހު ފަނަރައިގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓް އިން މިއަހަރު އުފެއްދުމަށް ހަމަޖެހިފައިވާ ފިލްމު "ބަޅިނދު" ގެ ޝޫޓިން މިމަހު 15 ގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

"ބަޅިނދު" އާއި ބެހޭގޮތުން މީގެކުރިން "މިއަދުނޫހަސް" މައުލޫމާތު ދެމުން ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) ބުނީ، "ބަޅިނދު" އަކީ ބިރުވެރި ފިލްމެއް ކަމަށާއި މިފިލްމު މިއަހަރު ތެރޭގައި ރިލީޒްވާނެ ކަމަށް މަސައްކަތްކުރާ ކަމަށެވެ.

           

މިފިލްމުގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވަމުން އަންނަ ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. އޭނާއާއެކު ހަރަކާތްތެރިވާނީ އެޕްރޮޑަކްޝަން ހައުސްއިން އުފެއްދި "ގޮށްރާޅު" ފިލްމުން މިދާއިރާއަށް ތަޢާރަފްވި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

           

ޖުމަލް އާއި އާޝާގެ އިތުރުން "ބަޅިނދު" ގައި ހަރަކާތްތެރިވާނީ ވެބްސީރީޒް "އެހެނަސް" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ފާތިމަތު ޝަރާ އާދަމް އަދި ހަމަ އެސީރީޒްގައި ހަރަކާތްތެރިވާ މުޙައްމަދު ޔުނާން އެވެ. އެމީހުންގެ އިތުރުން އިސްމާއިލް ޖުމައިޙް (ޖުމާ)، ރެޕް އާޓިސްޓް ޓޯއީ އަދި ވެބްސީރީޒް "ހުވާ" ގައި ހަރަކާތްތެރިވެފައިވާ ހުނޭޝާ އާދަމް ނަސީރް ވެސް ހިމެނެއެވެ.

ހޫދް އިބްރާހިމްގެ ސްކްރީންޕްލޭ އަކަށް ލިޔެފައިވާ މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަޙްމަދު ޝިނާން އެވެ.

އެނގިފައިވާ ގޮތުގައި މިފިލްމުގެ މަސައްކަތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ޑާކްރެއިނުން ވަނީ ހަމަޖައްސާފައެވެ.

"ބަޅިނދު" މިފިލްމަކީ ޑާކްރެއިންގެ 14 ވަނަ ފިލްމެވެ. ވަރަށް ފަހުން އެޕްރޮޑަކްޝަނުން ވަނީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް "ނޮވެމްބަރ" ކިޔާ ފިލްމެއް ވެސް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިފިލްމުގެ ޝޫޓިންގެ ބޮޑުބައި މިހާރު ވަނީ ނިމިފަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ