އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނޮވެމްބަރ" ގެ ޕޯސްޓަރުން ސިންގަޕޫރުގެ ރީތިކަން ފެނޭ! ފިލްމުން އަދިމާ ރީތިކޮށް ފެންނާނެ ދޯ؟

"ނޮވެމްބަރ" ގެ ޕޯސްޓަރުން ސިންގަޕޫރުގެ ރީތިކަން ފެނޭ! ފިލްމުން އަދިމާ ރީތިކޮށް ފެންނާނެ ދޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު ފިލްމުތައް ހަދަމުންދާ އެއް ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޑާކްރެއިން އެންޓާޓެއިންމަންޓުން މިހާރު އުފައްދަމުންދާ ލޯބީގެ ފިލްމު "ނޮވެމްބަރ" ގެ ރަސްމީ ޕޯސްޓަރު އިއްޔެ އާއްމުކޮށްފިއެވެ.

ފިލްމުގެ ބައެއް ނަގާފައިވާ ސިންގަޕޫރުގެ ރީތިކަން ދައްކުވައިދޭ މިފިލްމުގެ ޕޯސްޓަރު އާއްމުކޮށްފައިވި ނަމަވެސް، މިފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ޑާކްރެއިނުން ހާމަކޮށްފައެއް ނުވެއެވެ.

                           

ހޫދު އިބްރާހިމް ތައްޔާރު ކޮށްފައިވާ އެޕޯސްޓަރުގެ ފޮޓޯ ނެގީ އަހްމަދު ޝިނާން އެވެ. ޕޯސްޓަރުން ފެނިގެންދަނީ "ނޮވެމްބަރ" ފިލްމުގެ ލީޑު ދެތަރިން ކަމުގައިވާ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލް އެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

ފިލްމު އިންޑަސްޓްރީގައި ބެލުންތެރިންގެ ހޫނު ތަރުޙީބެއް ލިބުނު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓާޓެރިންމެންޓްގެ މިފިލްމު ވެސް ކާމިޔާބު އަދި އެހާމެ ރީތި ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ