އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ކ. ކަގިގެ ފަރަށް މިއަދު ހެނދުނު އެރި ދޯނީގެ ކައްޕި ގެއްލުނު ސަރަޙައްދުން ބައެއް ތަކެތި ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފް ގެ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ފީނަމުން ދަނިކޮށް، އެސަރަޙައްދުން މާސްކަކާއި ބޮކްސަރ އެއް ފާޑު ސޯޓެއް ފެނިފައިވާ ކަމަށެވެ.
މިއަދު ހެނދުނު ފަރަށް އެރި ކަމަށްބުނާ ދޯންޏަކުން ގެއްލިގެން ހޯދަމުންދަނީ އެދޯނީގެ ކައްޕި ކަމުގައިވާ ހދ. ކުޅުދުއްފުށި/ ހަވީރީނާޒް މުޙައްމަދު ޔޫސުފް (37އ.) އެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ދޯންޏެއް ފަރަށް އެރިކަމުގެ ހާދިސާއެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ގެއްލިގެން އުޅޭ މީހާ ހޯދުމުގައި ފުލުހުން ވެސް ދަނީ އެހީތެރިވަމުންނެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ ކައްޕި ގެ އިތުރުން ދެ ބިދޭސީންނެވެ.
Advertisement
6 ޖެނުއަރީ 2020