އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި ސިފައަކާއެކު އެއްވެސް މީހަކު އުފައްދަވާފައެއް ނުވެއެވެ! އެއީ އަމިއްލައަށް ލިބިގަންނަ ކަމެކެވެ! ޖެހޭނީ ޒިންމާ ނަގަން ކަމުގެ ހެކި!

ނުބައި ސިފައަކާއެކު އެއްވެސް މީހަކު އުފައްދަވާފައެއް ނުވެއެވެ! އެއީ އަމިއްލައަށް ލިބިގަންނަ ކަމެކެވެ! ޖެހޭނީ ޒިންމާ ނަގަން ކަމުގެ ހެކި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މީހުންގެ ކިބައިގައި ހުންނަ ބައެއް އުނި ސިފަތައް ފާހަގަކޮށް އިޞްލާޙްކުރަން ނަޞޭޙަތްދިނުމުން އެއީ ތިމަންނާ އުފެދިފައި ހުރި ގޮތުގެ ސަބަބުން ހުންނަ ސިފައެއް ކަމުގައި އެބަ ބުނެއެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ދޮގެކެވެ. 

އިންސާނާގެ ޠަބީޢަތާއި މިޒާޖުގައި ހިމެނޭ ކޮންމެ ކަމަކީވެސް ކޮންމެވެސް ގޮތަކުން އެމީހަކަށް ވާރުތަވެފައި ހުންނަ ކަންކަމެވެ. ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ ފަރާތުން ދަސްވެފައި ހުންނަ ކަންކަމެވެ. އެއީ މީހާ އުފެދުމާއި ގުޅިފައިވާ މައްސަލަތަކެއް ނޫނެވެ. މީހާ އުފެދުމާއި ގުޅިފައިވާނީ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ސިފަތަކެވެ. ޠަބީޢަތުގައި ހުންނަ ސިފަތަކެއް ނޫނެވެ. 

އެއްވެސް މީހެއްގެ ޠަބީޢަތުގައި ހުންނަ އެއްވެސް ސިފައަކީ ބަދަލު ނުކުރެވޭނެ ސިފައެއް ކަމަށް ހީނުކުރާށެވެ. ބަދަލުކުރެވޭނެއެވެ. އޮތީ އެކަމަށް ނިޔަތްގަނެގެން ޢަޒުމާއިއެކު މަސައްކަތް ކުރުމެވެ. 

މީހާއަށް ނުބައި އަމަލުތައް ކުރެވެނީ ޠަބީޢަތުގައި ހުންނަ އެމީހާއަށް އެއްވެސް ބާރެއް ނުފޯރާ ސަބަބަކުން ކަމުގައިވާނަމަ އެކަމުގެ ޒިންމާ ނަގަން އެއްވެސް މީހަކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ނަމަވެސް ޒައްރެއްގެ މިންވަރުގެ ނަމަވެސް ނުބައި އަމަލެއް ކުރެވުނު ނަމަވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭކަން އެއީ މި ބުނި ބަހުގެ ތެދުކަން އެނގިގެންދާ ކަމެކެވެ. 

މިސާލަކަށް ބުނާނަމަ އަހަރެންނަކީ ރުޅި ގަދަ މީހެއް ވީމާ ރުޅި އަންނަނީ ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. ރުޅިއައުމުން ނުބައި އަމަލުތައް ކުރެވެނީ ކަމަށް ބުނެވެސް ނިންމައެއް ނުލެވޭނެއެވެ! ރުޅި ގަދަވަނީވެސް ނުބައި އަމަލުތައް ކުރެވެނީވެސް ހަމަ ޝައިޠާނާގެ ސަބަބުންނެވެ. ވީމާ ޖެހޭނީ ހަމަ ޒިންމާ ނަގާށެވެ! ވީމާ ރުޅި އައިސް އަނބިދަރިންނަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާކުރުމަށްފަހު ޠަބީޢަތާއި ނުގުޅުވާށެވެ! އެއީ ގުޅުވެން އޮތް ކަމެއް ނޫނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް