އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން އެކުގައި ހިނައިގަތުމަކީ ހުއްދަކަމެކެވެ!

ދެމަފިރިން އެކުގައި ހިނައިގަތުމަކީ ހުއްދަކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ހިނައިގަންނަން ޖެހޭ ޙާލަތުގައި ދެމަފިރިން އެކުގައި ހިނައިގަތުމަކީ ހުއްދަ ކަމެކެވެ.

އެކަން ސާބިތުވަނީ ޢާއިޘަތުގެފާނުގެ ބަސްފުޅަކުންނެވެ. "ތިމަން ކަމަނާ އާއި ރަސޫލް (ޞޢވ) އާއި ދެބޭފުޅުން އެއް ކަންވާރަކުން ނާނައިފުޅުފިއްލަވަމެވެ. އެކަންވާރަށް ކިޔަނީ އަލްފަރަޤް އެވެ." (ޞަޙީޙް ބުޚާރީ)

ހަމަ މިމޭރުމުން ރަސޫލް (ޞޢވ) ގެ އަނބިކަނބަލުން މައިމޫނަތުގެފާނު ރިވާކުރެއްވެވި ބަސްފުޅެއް އިމާމް ތިރްމިޛީ ވަނީ ބަޔާން ކުރައްވަވައިފައެވެ. އަދި މި ބަސްފުޅަށް ރިޢާޔތް ކުރައްވަވައި އެއް ކަންވާރަކުން ދެމަރިން އެކުގައި ފެންވެރުން އިމާމް ވަނީ ހުއްދަކުރައްވަވައިފައެވެ.

"އަދި އެއުރެންނީ، އެއުރެންގެ ފަރުޖްތަކަށް ރައްކާތެރިވާމީހުންނެވެ."

" އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ." " ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ." (އަލްމުއްމިނޫން: 5.6،7)

މި 3 ޢާޔަތުގެ މައްޗަށް ބައްލަވައި ދެމަފިރިން އެކުގައި ހިނައިގަންނައިރު އަޢުރަ ނިވާކުރަން ނުޖެހޭނެ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

Praise be to Allaah. It is permissible for a woman to see all of her husband’s body and for a man to see all of his wife’s body, with no need to go into details, because Allaah says (interpretation of the meaning): “And those who guard their chastity (i.e., private parts, from illegal sexual acts), except from their wives or (the captives and slaves) that their right hands possess, - for then, they are free from blame; but whoever seeks beyond that, then those are the transgressors.” [al-Mu’minoon 23:5-7]

(Fataawa al-Mar’ah by Ibn ‘Uthaymeen, 121).

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް