އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޭ ނަޞޭޙަތަށް އަމަލު ނުކުރުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!

ދޭ ނަޞޭޙަތަށް އަމަލު ނުކުރުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

އަބޫ ޛައްރު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

"ސުވަރުގޭގެ އަހުލުވެރިންގެ ބައަކު ނަރަކައިގެ އަހުލުވެރިންގެ ބައަކަށް ބުނާނެތެވެ. "ކަލޭމެން ނަރަކައިގައި ތިއަ ތިބީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން އަހަރެމެންނަށް ސުވަރުގެ ޙާޞިލުކުރެވިފައި މިވަނީ ކަލޭމެން ދިން ނަޞޭޙަތުގައި ހިފައި ޢަމަލުކުރުމުންނެވެ." 

ޖަވާބުގައި އެމީހުން ބުނާނެތެވެ. "އަހަރެމެންނަށް ނަރަކައަށް ވަންނަން ޖެހުނީ ހަމައެކަނި ނަބޭޙަތްދޭ ބައަކު ކަމުގައިވީތީއެވެ. މީހުންނަށް ހެޔޮ ކަންކަން ކުރަން ނަޞޭޙަތްދީފައި އަހަރެމެން ޢަމަލު ނުކުރީތީއެވެ." 

މި ބަސްފުޅުތަކުން އެނގިގެންދަނީ ހެޔޮ ކަންކަން ކުރުމަށް އަމުރުކޮށް ނަޞޭޙަތެރިވެ އުޅުމަކުން ނުފުދޭކަމެވެ. އެމީހާ ވެސް ހެޔޮ އަމަލުތައް ކުރަން ޖެހޭނެ ކަމެވެ. މިހެން ބުނުމުން ބައެއް މީހުން ފުރަތަމަވެސް އިނގިލި ދިއްކުރާނީ ދީނީ ދަރުސްތައް ދެއްވަވާ ދީނީ ޢިލްމުވެރިންނަށެވެ. އެމީހުންގެ އަމިއްލަ ނަފްސާއި ދިމާއަށް އިނގިލި އަމާޒުވެފައިވާ ކަމެއް އެމީހުންނަކަށް ނުއެނގެއެވެ. 

މިހެން މިބުނީ ކޮންމެ މީހަކީވެސް ޒިންމާދާރު މީހަކަށްވާތީއެވެ. އެމީހެއްގެ ބެލުމުގެދަށުގައި ތިބި ބައަކަށް ހެޔޮ އަމަލުތައް ކުރަން ބުނެ ނަޞޭޙަތް ދޭނެ މީހަކަށްވާތީއެވެ. އެމީހެއްގެ އަނބިދަރިންވެސް ހިމެނޭގޮތުންނެވެ. 

ދީނީ ޢިލްމުވެރިއެއް ނަމަވެސް ބެލެނިވެރިއެއް ނަމަވެސް އަދި އެހެން މީހަކު ނަމަވެސް މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ދިނުމަށްފަހު އެކަންކަމަށް އަމަލުކުރާ މީހަކަށް ވާންޖެހޭނެއެވެ. ނަޞޭޙަތްދޭ ކަންކަމުގައި އިސްވެ ނަމޫނާ ދައްކާ މީހަކަށްވާން ޖެހޭނެއެވެ. ނަޞޭޙަތް ދިނުމާއި އަމަލުކުރުމަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫނެވެ. އެއީ ގުޅިލާމެހިފައިވާ ދެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް