އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގަ ހައްޔަރުކުރި ސިފައިގެ މީހާ ސަސްޕެންޑު ކޮށްފި!

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގަ ހައްޔަރުކުރި ސިފައިގެ މީހާ ސަސްޕެންޑު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރުކުރި އެމްއެންޑީއެފް މީހާ، ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އިއްޔެ ވިދާޅުވީ އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ރޭ 6:30 އެހާކަންހާއިރު މާލެއިން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ މީހެއް ކަމަށް އެމްއެންޑީއެފުން ވަނީ ރޭ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު ރޭ 20:00 ގައި އެ މުއައްސަސާއަށް ފުލުހުންގެ އިދާރާއިން އެންގުމާ ގުޅިގެން އެ މުއައްސަސާގެ ޤަވާއިދުގައިވާ ގޮތުގެމަތިން އެމް.އެން.ޑީ.އެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް