އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމެއް ނެތި ދަރުމަ ބޭނުން މީހުންނަށް އެކަންވެސް މިންވަރުކޮށްދެއްވަވާނެތެވެ!

އިމެއް ނެތި ދަރުމަ ބޭނުން މީހުންނަށް އެކަންވެސް މިންވަރުކޮށްދެއްވަވާނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ކޮންމެ މުސްލިމަކީވެސް ވީހައި ގިނަ ހެޔޮ ދަރުމަ ބޭނުންވާނެ މީހެކެވެ. ދަރުމަ ލިބި ހިތް ފުރޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! އެފަދަ މީހުންނަށް އެކަމުގެ ފުރުޞަތުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ލިބިގަތުމަކީ ހަމަ އެމީހެއްގެ ކަމެކެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން ތަޤްވާވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި ﷲ ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް އެއްނެތިއެވެ." (އައްޒުމަރު: 10) 

ދުނިޔޭގެ ބިން އެކުގައި ލިބުނު ނަމަވެސް އިންސާނުންގެ ހިތް ނުފުރެނީ އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ނެތުމުންނެވެ. ﷲ ތަޢާލާ ރުހިވޮޑިގެންފި އަޅަކަށް ނިޢްމަތްތައް ކިތަންމެ ގިނައިން މިނަވރު ކުރެއްވެވި ނަމަވެސް ﷲ ތަޢާލާގެ ޚަޒާނާއިން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ!  

މިއާޔަތުން އެނގިގެންދަނީ ކެތްތެރިންނަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ދަރަޖައެވެ. އެއްވެސް އިމެއްނެތި ކެތްތެރިންނަށް ދަރުމަ ދެއްވަވާނެ ކަމެވެ. ވީމާ ކުރިމަތިވާ ކަންކަމުގައި ކެތްތެރިވާށެވެ! ކެތްތެރިވުމަކީ ސާބިތުވުމެވެ. ވަކީލްކުރުން ގިނަކުރުމެވެ. މިއާޔަތުން އެނގިގެންދަނީ އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ އުފާވެރިކަމުގެ ބޮޑުކަމެވެ. އަދި މިދުނިޔޭގައިވެސް އެފަދަ މީހުންނަށް މާޔޫސްވާން ނުޖެހޭނެ ކަމެވެ.  

ވީމާ އިމެއް ނެތި ދަރުމަ ބޭނުން މީހުން ކެތްތެރިކަން އިސްކުރާށެވެ! ދެ ދުނިޔޭގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ކެތްތެރިކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް